ހައްޖަށް ދިއުމުގެ އަގު 50،000 އަށް ކުޑަކުރުމަކީ އަމާޒެއް: ހައްޖު ކޯޕަރޭޝަން

ހައްޖަށް ދިއުމުގެ އަގު 50،000 އަށް ކުޑަކުރުމަކީ އަމާޒެއް: ހައްޖު ކޯޕަރޭޝަން

ރާއްޖެއިން ހައްޖަށް ދިއުމުގެ އަގު 50،000 އަށް ކުޑަކުރުމަކީ އަމާޒެއް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ހައްޖަށް ދިއުމަށް މިހާރު ނަގާ އަގަކީ 69،965 ރުފިޔާކަމަށް ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ވަރަށް ބޮޑު އަގެއް ކަމުގައެވެ.

އެގޮތުން އޭނާ ވިދާޅުވީ މި އަގަކީ އަޅުކަމަކަށް، ދިވެހި ރައްޔިތުން އަތުން ނަގަން އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްކަމަށް ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ކަމުގައެވެ. އެހެކަމުން ހައްޖަށް މީހުން ގެންދިއުމަށް މިނަގާ އަގު ކުޑަކޮށް ދިނުމަކީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމެއް ކަމަށާއި، އަދި ހައްޖު ކޯޕަރޭޝަންއަކީ ފައިދާވާ ކުންފުންޏެއްކަމުގައި ހެދުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވާ ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ހައްޖު ކޯޕަރެޝަންއަކީ އަމިއްލަ ފައިމައްޗަށް ކޮޅަށް ދެވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 298 ހައްޖުވެރިން ހައްޖަށް ފުރާފައިވަނީ އިއްޔެއެވެ. އޭގެ ތެރޭގައި 272 ހައްޖުވެެރިންނާއި 26 އެހީތެރިން ހިމެނެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ.

ހައްޖު މިޝަންއިން ބުނީ މިއަހަރުގެ ހައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ 3 ފްލައިޓެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ފްލައިޓްގައި ފުރާނީ ޖުމްލަ 298 ހައްޖާޖީންނެއެވެ.

ދެވަނަ ގްރޫޕް 353 ހައްޖާޖީންނާ އެކީ ފުުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގަ އެވެ. އަދި ތިން ވަނަ ގްރޫޕް 339 ހައްޖާޖީންނާ އެކީ ފުރާނީ އަންނަ މަހުގެ 7 ގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ދައުލަތުގެ ޚަރަދުގައި ހައްޖަށް ފޮނުވާ 1،000 މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 ފަގީރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

މިއަދު ހައްޖަށް ދާ ހައްޖުވެރިންގެ ފޮށިތައް ހަވާލުކުރުން މިހަފްތާގައި ފެށިގެން ދިޔައިރު  ހައްޖަށް ފުރާ މީހުންނަށް އެއާޕޯޓްއަށް ދެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީއިން ވަނީ އެ ފަރާތްތަކަށް ބަހުގެ ހިދުމަތް ހަމަޖައްސައިދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *