ހއ. އިން ލ. އަށް ވައިޓް އެލާޓް ނެރެފި

ހއ. އިން ލ. އަށް ވައިޓް އެލާޓް ނެރެފި

Author
ހުސައިން
29 މެއި 2024 07:01
0

ރާއްޖެގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ، ހއ. އިން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް ނެރެފައިވަނީ މިއަދު 18:45 އިންފެށިގެން މެންދަމު 12:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 22 މޭލާއި 27 މޭލަށް ވައިގަދަވެ ކޮޅިގަށުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަދާ ކޮށްފައި ވެއެވެ.

އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.