ނަރުދޫގައި މަންމައާ ކުދިން ހަވާލުކުރަން ދެކޮޅު ހެދި މައްސަލަ ޖެންޑާ އިން ބަލަނީ

ނަރުދޫގައި މަންމައާ ކުދިން ހަވާލުކުރަން ދެކޮޅު ހެދި މައްސަލަ ޖެންޑާ އިން ބަލަނީ

ގުޅުންހުރި

ށ. ނަރޫދޫގައި މަންމަގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމަށް ފުލުހުން މަސައްކަތް ކުރުމުން އެކަމާ ބައްޕަ ދެކޮޅު ހެދި މައްސަލަ ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯޓު އަމުރެއްގެ ދަށުން މަންމަގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމަށް ފުލުހުން މަސައްކަތް ކުރުމުން ނަރޫދޫގައި މިއަދު ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުން ހިންގީ އެ ކުދިންގެ ބައްޕަ ކަމަށް އެ ރަށުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ކިޔައި ދިނެވެ.

އާންމުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން އެ ދެ އަންހެން ކުދިން ގެންދާ މަންޒަރު ފެނެއެވެ. އަދި އެ ކުދިން ނުދިއުމަށް ބޮޑާ ހާކައި ރޮއެ ހަޅޭއްލަވާ މަންޒަރުވެސް ފެނެއެވެ. އަދި ރަށުގެ ވަރަށް ގިނަ ރައްޔިތުން ވެސް އެ ސަރަހައްދަށް އެއްވެފައިވާ މަންޒަރު ފެނެއެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓަރު އައިމިނަތު ނަމްޒާ "ވަގުތަށް" ވިދާޅުވީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އެ އާއިލާއާއެކު ގާތުން މަސަކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ނަމްޒާ ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރާނީ އެ އާއިލާގެ ހުރިހާ މެންބަރުނަށް ވެސް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ކުޑަ ދެ ކުދިންގެ ހާލު ވެސް މިނިސްޓްރީން ބަލަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ