ފަތުރުވެރިން ތަކެއް ރާއްޖެއަށް އެތެރެވަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖެ އެތެރެވާން ހުއްދަ ނުދިނީ ޑީޕޯޓްކޮށްފައިވާ މީހެއް: އިމިގްރޭޝަން

ރާއްޖެ އެތެރެވާން ހުއްދަ ނުދިނީ ޑީޕޯޓްކޮށްފައިވާ މީހެއް: އިމިގްރޭޝަން

ގުޅުންހުރި

ރާއްޖެ އައި ސްރީ ލަންކާ މީހަކު ރާއްޖެ އެތެރެވާން ހުއްދަ ނުދިނީ އޭނާއަކީ މީގެ ކުރިން ޑީޕޯޓްކޮށްފައިވާ މީހަކަށްވާތީ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލީ ދިވެއްސަކާ ކުރިން ކައިވެނިކޮށްގެން އުޅުނު ނަދީޝް ޕެރޭރާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދިނުމުން އޭނާގެ ވަކީލުންނާއި ބައެއް އާންމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މީހާއަކީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަ އޮތް މީހެއް ނޫން ކަމަށެވެ.

"މިގޮތުން، އެ ފަރާތަކީ އިމިގްރޭޝަންގެ ގާނޫނުގެ 20 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން 4 މެއި 2024 ވަނަ ދުވަހުން ފެށިގެން ވަކި މުއްދަތަކަށް ދިވެހިރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލާފައިވާ ފަރާތެއް" އިމިގްރޭޝަނުން ބުންޏެވެ.

އެ މައްސަލާގައި ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން އެކްސްގައި ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނުގައި އެންޓްރީ ކްލިއަރެންސް، ރާއްޖެ އެތެރެވުމަށް ނުވަތަ މަޑުކުރަން ޗުއްޓީ ދިނުމަކީ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް ކަމަށާއި އިމިގްރޭޝަންގެ ގާނޫނަށް އަމަލުކުރާނީ އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ