"ޕުޝްޕާ 2″ ގެ ފުރަތަމަ ލަވަ އަކީ "ޕުޝްޕާ ޕުޝްޕާ"

"ޕުޝްޕާ 2″ ގެ ފުރަތަމަ ލަވަ އަކީ "ޕުޝްޕާ ޕުޝްޕާ"

Author
ފާތިމަތު ނާވީ
23 މެއި 2024 03:07
0

2021 ވަނަ އަހަރުގެ ކާމިޔާބު ފިލްމް "ޕުޝްޕާ" ގެ ސީކުއަލް "ޕުޝަޕާ 2″ ގެ ފުރަތަމަ ލަވަ މި ފެށޭ މަހުގެ 1 ވަނަ ދުވަހުގައި ދޫކޮށްލާނެ ކަމަށް މި ފިލްމްގެ ލީޑުން ފެނިގެންދާ އެކްޓަރު އައްލު އަރުޖުން އޭނާގެ ސޯޝަލް މީޑިއާގައި ހާމަ ކޮށްފިއެވެ.

ލަވައިގެ ބައެއް ސްޓެޕްތަށް ވަކި ވަކިން ޕޯސްޓް ކުރަމުން އޭނާ ބުނެފައިވަނީ މި ލަވަ ބެލުންތެރިންނަށް މޭ 1 ގައި ދައްކައިލާނެ ކަމަށެވެ. އަދި މި ލަވަ އަކީ ވެސް މީގެ ކުރިން "ޕުޝްޕާ" ގައި ގެނެސްދިން "ސްރިވައްލީ" ކަހަލަ ލަވައެކެވެ.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

ޕުޝްޕާ އަކީ ގިނަ ރެކޯޑްތަކެއް މުގުރާލި އަދި އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމްވެސް މެއެވެ. މި ފިލްމް އަކީ ބޮޑު އާމްދަނީއެއް އެއަހަރު ހޯދުނު މަދު ފިލްމްތަކުގެ އެންމެ ކުރިން ޖާގަ ހޯދާ ފިލްއެކެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕުޝްޕާ 2″ ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އޮގަސްޓް 15 ގަ އެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ފުރަތަމަ ފިލްމްގެ ވެސް ޑައިރެކްޓަރު ސުކުމާރް އެވެ.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

 

މި ފިލްމަކީ ޑައިރެކްޓަރު ސުކުމާރު 2021 ގައި ގެނެސްދިން "ޕުޝްޕާ: ދަ ރައިޒް" ގެ ސީކްއެލް އެވެ. "ޕުޝްޕާ 2″ ގެ ކާސްޓްގައި ކުރީ ބައިގެ މުހިއްމު ބައެެއް ތަރިން ހިމެނެ އެވެ. އޭގެ ތެރޭގައި ރަޝްމިކާ މަންދަނާ އާއި ފާހަދު ފާސިލް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.