ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފޮޓޯއާއި ވަނަ ވަރާއިއެކު އާންމުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ. މަޑަވެލި / އުދަރެސް، އަޙްމަދު އަބާން ވަޙީދު (21އ) އެވެ. ފުލުހުން ބުނެފައިވަނީ އަޙްމަދު އަބާން ވަޙީދު އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ