ޖެނިން ރެފިއުޖީ ކޭމްޕުގައި ހިންގަމުންދާ ލޭއޮހޮރުވުން ޔޫއެންއިން ކުށްވެރިކޮށްފި

ޖެނިން ރެފިއުޖީ ކޭމްޕުގައި ހިންގަމުންދާ ލޭއޮހޮރުވުން ޔޫއެންއިން ކުށްވެރިކޮށްފި

Author
ހުސެއިން
22 މެއި 2024 08:30
0

ޖެނިންގައި އިސްރާއީލުން ހިންގަމުންދާ ލޭ އޮހޮރުވުން ޔޫއެންއިން ކުށްވެރި ކޮށްފިއެވެ.

ފަލަސްތީނުގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން އެކްސްގައި ބުނެފައި ވަނީ ޖެނިންގައި އިސްރާއީލު ހިންގަމުންދާ ލޭއޮހޮރުވުން ހުއްޓުމަކަށް ގެންނަން ޖެހޭކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނު ފެށި މި އޮޕަރޭޝަންގައި ފަލަސްތީނުގެ ހަތް މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ދެ ކުއްޖަކާއި ޓީޗަރަކާއި ޑޮކްޓަރެއް ވެސް ހިމެނެ އެވެ.

"މި ލޭއޮހޮރުވުން ހުއްޓާލަން ޖެހޭ، ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭ،" އެ އޮފީހުން ބުނެނެފައި ވެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރުވަނީ 35،000 އަށްވުރެ މަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.