ހޮލީވުޑްގެ ފިލްމް ތަކުގައި މަސައްކަތް ކުރާ އިންޑިއާގެ އެކްޓަރު ދޭވް ޕަޓޭލްއާ އާއި އެކުގައި މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ/ ސިންގާ ޖެނިފާ ލޮޕޭޒް ބުނެފިއެވެ.
އިންޑިއާ ދަރިކޮޅުގެ ދޭވް އަކީ ހޮލީވުޑައި އޭނާ ގެ ޖާދޫ ދައްކަމުން އަންނަ ގިނަ ބައެއްގެ ލޯބީ ހޯދައިފައިވާ ވަރަށް ހުނަރުވެރި އެކްޓަރެކެވެ. އަދި އޭނާގެ ފިލްމް ތަކަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބޭ ފިލްމް ތަކެކެވެ.
އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ނިއުސް 18″ އަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ބުނީ އޭނާ އަށް ދޭވްގެ މަސައްކަތްތަށް ވަރަށް ކަމުދާ ކަމަށާއި އޭނާ އާއި އެކުގައި މަސައްކަތް ކުރުމަށް ވަރަށް ބޭނުންވާ ކަމަށެވެ. އަދި ދޭވް އަކީ އިންޑިއާގެ އެކްޓަރުންގެ ތެރެއިން އޭނާގެ ފޭވަރިޓް ކަމަށް ވެސް ޖެނިފާ ބުންޏެވެ.
ދޭވް އޭނާގެ އެކްޓިންގ ކެރިއަރު ފަށައިފައިވަނީ 2008 ވަނަ އަހަރުގައި ފިލްމް 'ސްލަމް ޑޯގް މިލިއަނާ" އިންނެވެ. މި ފިލްމް ވަނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިއެވެ.
34 އަަހަރުގެ ޒުވާން އެކްޓަރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްްސްއިން މިދިޔަ މަހު ގެނެސްދިން "މަންކީ މޭން" އިންނެވެ. ދޭވް އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްވެސް މެއެވެ.
"މަންކީ މޭން" އަކީ އޭނާ ލީޑު ރޯލު ކުޅުމުގެ އިތުރުން ޕްރޮޑިއުސް ކޮށް ޑައިރެކްޓު ކުރި ފިލްމްއެކެވެ. މި ފިލްމް އަށް ވަނީ އާންމުންގެ ފަރާތުން ތައުރީފް ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ