އޮކްޓޯބަރ 7 އަށްފަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ 8،800 މީހުން ހައްޔަރު ކޮށްފައި

އޮކްޓޯބަރ 7 އަށްފަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ 8،800 މީހުން ހައްޔަރު ކޮށްފައި

Author
ޙަސަން މުޙައްމަދު
21 މެއި 2024 09:34
0

ފާއިތުވި އޮކްޓޯބަރ 7 އަށްފަހު އިސްރާއީލުން ފަލަސްތީނުގެ 8،800 މީހުން ހައްޔަރު ކޮށްފައިވާކަމަށް އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުން ބުނެފިއެވެ.

ދަ ކޮމިޝަން ފޮރ ޑިޓެއިނިންސް އެފެއާޒް، ދަ ފަލަސްޠީނުގެ ޕްރިޒަނަރސް ސޮސައިޓީ އަދި އައްޑަމީރު އެސޯސިއޭޝަން ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ މި އަދަދުގެ ތެރޭގައި ހިމެނެނީ:

293 އަންހެނުން

620 ކުދިން

75 ނޫސްވެރިން

އިދާރީ ގޮތުން ބަންދުކުރުމުގެ އަމުރު ތަންފީޒުކުރި 5900 އަށްވުރެ ގިނަ މީހުން

އެ ޖަމިއްޔާތަކުން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޖަލުއޮފިޝަލުން ގެންގުޅޭ އަނިޔާވެރި ޓެކްޓިކްސްގެ ތެރޭގައި މާޔޫސްކުރުވުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ބަންދުގައި ތިބޭ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް އިންޒާރު ދިނުން ހިމެނޭ ކަމަށެވެ.

އެ ޖަމާއަތްތަކުން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޖަލުތަކާއި އަސްކަރީ ކޭމްޕްތަކުގައި 18 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

އެ ތަފާސް ހިސާބުތަކުގައި ޣައްޒާއިން ބަންދުގައި ތިބި މީހުން ހިމަނާފައެއް ނުވެއެވެ. އޭގެ ސަބަބެއްކަމުގައި ބުނެފައިވަނީ، އަދަދުތަކާއި ބެހޭ އެއްވެސް މައުލޫމާތެއް އެ ޖަމާއަތުން އިސްރާއީލުން ނުދިނުމާއި، މީހުން ގެއްލުވާލަމުން ދިއުމުގެ ސަބަބުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.