އީރާނުގެ ރައީސް ގޮވައިގެން ދަތުރުކުރި ކޮންވޯއީއެއްގައި ހިމެނޭ އެއް ހެލިކޮޕްޓަރެއް އެކްސިޑެންޓެއް ހިނގައިފި ކަމަށް އިާނުގެ މީޑިއާތަކުން ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހެލިކޮޕްޓަރު – ކޮންވޯއީއެއްގައި ދަތުރުކުރި ތިން ހެލިކޮޕްޓަރގެ ތެރެއިން އެއް ހެލިކޮޕްޓަރު "ކުއްލި ހާލަތުގައި" ބިމަށް ތިރިކޮށްފައެވެ. އަދި އެ ސަރަހައްދުގައި ވިއްސާރަވެ ވަރަށް ބޮޑަށް ފޮގު އުފެސިފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އިރާނުގެ އިންޓީރިއާ މިނިސްޓަރު އަހުމަދު ވަހީދީ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެތަނަށް ދިއުމަށް ސަލާމަތީ ފަރާތްތަކަށް ދަތިވި ނަމަވެސް އަދިވެސް އެ ސަރަހައްދަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައިސީ އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒް ސިޓީއަށް މިސްރާބު ޖެހީ އީރާނާއި އަޒަރުބައިޖާންގެ ބޯޑަރު ސަރަހައްދަކުން އެނބުރިއައި މަގުމަތީގައި ކަމަށް ލޯކަލް މީޑިއާތަކުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ