ޕާސްޕޯޓް ހޯދަން މިހާރު އޮންލައިންކޮށް ނަމްބަރު ނެގޭނެ

ޕާސްޕޯޓް ހޯދަން މިހާރު އޮންލައިންކޮށް ނަމްބަރު ނެގޭނެ

Author
ހުސެއިން
18 މެއި 2024 09:04
0
ކިޔުގައި މަޑުނުކޮށް ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓް ހޯދުމަށް އޮންލައިންކޮށް ނަމްބަރު ނެގޭ ގޮތަށް މޯލްޑިވްސް އިމިގުރޭޝަން އިން ހަދައިފި އެވެ.

އިމިގްރޭޝަނުން ބުނީ، މީގެ ކުރިން ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަމުން ދިއައީ ކިޔޫގައި ތިބެގެން ނަންބަރު ނަގައިގެން ކަމަށެވެ. ނަމަވެސް، މިހާރު "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އޮންލައިންކޮށް ނަންބަރު ނެގޭނެ ކަމަށެވެ.

"އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ވޯކް ވިސާ ޖެހުމަށްފަހު ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓް ހޯދަން ނަންބަރު ދޫކުރާނީ ހެދުނު 9:00 އިން 10:30 އަށް، ނަންބަރަށް ހިދުމަތް ދޭނީ ހެދުނު 10:00 އިން މެންދުރު 15:00 އަށެވެ.

މީގެ އިތުރުން، 6 ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓް ހޯދަން ނަންބަރު ދޫކުރާނީ ހެދުނު 11:30 އިން 12:30 އަށް، ނަންބަރަށް ހިދުމަތް ދޭނީ މެންދުރު 13:15 އިން މެންދުރު 15:00 އައް ކަމަށެވެ.

ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގައި މި ސަރުކާރުން ވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދީފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރުމަހުން ފެށިގެން މާލެ ފިޔަވައި ދެން ހުރި ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މެޑިކަލް އެމެޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ މީހުން ބޭނުން ނަމަ، އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.