އިހުގައި "ރެނދަން" މި ލަފުޒު ދުލުން ބުނެލިޔަސް ސިފަވަނީ ބޮޑު ބިރުވެރި ކަންތައްގަނޑެކެވެ. ތިބެނީ ފާޑަކަށް ނަފްސާނީ ވެފައެވެ. ވާނީވެސް އެހެންތާ އެވެ. އަޅުގަނޑުމެންނަށް ރެނދަން މި ބަސް އާންމުކޮށް އިވިފައި ހުރީވެސް ބިއުވެރި ވާހަކަ ތަކުންނެވެ.
ކަނޑުން ނުވަތަ ގޮނޑު ދޮށާއި ހޭޅިފަށުން ދިމާވާ ކޮންމެވެސް ރޫހާނީ ކަމަކާ ގުޅުވައިގެންނެވެ. ނުވަތަ "ރެންދަން" މި ބަސް އައިސްފި ނަމަ ރޫހާނީ ބިރުވެރި ކޮންމެވެސް ވާހަކައެއް ނޫނީ ހާދިސާއެއް އޭގެ ފަހަތުން ނައިސް ނުދެއެވެ. މިހެން ބުންޏަސް ރެނދަނާ ގުޅޭ ބިރުވެރި ހާދިސާތައް އަމިއްލައަށް ތަޖުރިބާ ކޮށްފައި ތިބި މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.
އެކުވެރި ހުސެންބެ އަކީ މަސްވެރި ކަމުގައި ނުކުމެ އުޅެނިކޮށް އޮޑީ ދިރުނބާކޮޅުގައި ރެނދަން ލައިގެން އެކަންތައްގަޑުގެ ތެރޭގައި ގަދަ ކަނޑުގައި ގަޑި ދެގަޑީރު ހޭދަކުރި ގޮތުގެ ވާހަކަތައް ވަރަށް ޖޯޝާއި ފޯރީގައި ކިޔައިދޭ މީހެކެވެ. ހުސެންބެގެ ހުރި ހުށިޔާރު ކަމާއި ޖެހިލުން ކުޑަކަމުގެ ވާހަކައެއްގެ ގޮތުގައި މި ވާހަކަ ކިޔައިދެނީ ވަރަށް ފަހުރުވެރިވެލާ މޭ ފުއްޕާ ލާފައެވެ. ކަނޑުމަތި އެޅުމުން އެކަމާ ކުރި ހަނގުރާމާގެ ވާހަކައެވެ. ދިރުނބާކޮޅުން އޮޑީގައި ލައިފާހުރި ރެނދަނުގެ އަލިން މުޅި އުދަރެހާއެކު ދިއްލިފައި އޮތް ވާހަކައެވެ.
ނަމަވެސް ހަމަ އެއޮޑިން އެކުގައި ދަތުރުކުރި ހުސެންބެ އަށްވުރެ ދޮށީ އަލީ މޫސާގެ ވާހަކަ ތަފާތެވެ. އަލިބެ ކިޔައިދޭ ގޮތުގައި، އެދަތުރުގައި އޮޑީގައި ލީ ރެނދަނެއް ލީއިރު ކިރިޔާވެސް ބޯހިއްލާލައިގެން ދެލޯހުޅުވައިގެން އޮޑީތެރޭ އެވަގުތު ކުރަންޖެހުނު ކަމެއް ކުރެވޭ ހާލުގައި ތިބީ އަލިބެއާއި މާކެޔޮޅުގެ އިތުރުން އެދަތުރުގައި އޮޑިން މަހަށް ދިޔަ މައިވާދޫ މުދިންބެ އެކަންޏެވެ. ހުސޭނު މަޑު ތުރުތުރެއް އަޅައި މެދުވަތުގައި އޮތް މަޅެއް މައްޗަށް ދެމުންގޮތަށް ހޭއެރީ މޫނުމައްޗަށް ފެންބާލިދީއެއް ޖެހީމަ ކަމަށް އަލިބެ ބުނެއެވެ.
ކޮންމެ އަކަސް ބުނަން މި އުޅޭ ވާހަކައަކީ ރެނދަނާއި ގުޅުވައިގެން އަޅުގަނޑުމެންގެ ތެރޭ އަބަދުވެސް ދެކެމުން އައީ ވަރަށް ތަފާތު ނަޒަރިއްޔާތަކުން ކަމެވެ. ނަމަވެސް މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭ މިފަދަ ގޮތަކަށް ދެކެމުން އައި ދެކުންތައް މިހާރު މިވަނީ ބަދަލުވެފައެވެ.
Who has experienced this magical phenomenon in the Maldives?
Legend says if you see it you should make a wish!#Maldives #SunnySideOfLife #VisitMaldives #WorldsLeadingDestination pic.twitter.com/2ZCcZi6LQ1— Visit Maldives (@visitmaldives) December 20, 2020
މިހާރު ރެނދަން ލާފައިވާ ރީތި ގޮޑުދޮއްތަކުގެ ފޮޓޯތައް އަޅުގަނޑުމެން މި ބޭނުންކުރަނީ އަޅުގަނޑުމެންގެ މި ނާޒުކު ގައުމުގެ މައިބަދަ ކޮޅަށްޖެހުމަށް ކުރާ އިސްތިހާރަކަށެވެ. އާދެ އަޅުގަނޑުމެންނަށް ޑޮލަރުކޮޅު ހިފައިގެން އަންނަ ފަތުރުވެރިން ހިތްތައް އަތުލައިގަތުމަށެވެ. އަޅުގަނޑުމެންގެ ކުދި ދަރިންނާއެކު މަޖާކޮށްލައި އެ ރީތި މަންޒަރު ބަލާލައި ފޮޓޯއާއި ވީޑިއޯތައް ނެގުމުގައެވެ. މިކަން އެންމެ ރީއްޗަށް ފެނިގެން ދިޔައީ ފާއިތުވި ދެރޭ ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށުންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ގޮނޑުދޮށުން ފެނުނު ރެނދަންގެ ރީތި ފޮޓޯތަށް ސޯޝަލް މީޑިއާގައި ފެތުރިގަތްވަރު ބާރުކަމުން އާދީއްތަ ދުވަހުގެ ރޭ ކަމާކަންފަށާ އެތަން ބަލަން އެތައް ބަޔަކު ދިޔައެވެ. ނަސީބު ރަނގަޅު ކަމުން ޖައްސަ ޖައްސައިގެން ދެވަނަ ރޭވެސް ހަމަ އެވަރަށް ރެނދަންލާފައި ހުއްޓެވެ. އެމަންޒަރުތައް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މިރޭ ވެސް ރެދަން ލައިފި. ޗަލުކަން ދެކިބަލަ ? pic.twitter.com/fox2si29eM
— Hussain Hassan (@HucenHassan) December 20, 2020
ދިވެހިން މިކިޔާ "ރެނދަން" ނަވަތަ ފްލޮރިޒެންޓް މަޑު ނޫކުލައަކުން ދިއްލޭ ދިއްލުމަކީ ސައިންޓިފިކް ނަމުންނަމަ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް ނުވަތަ މޫދުގައި އުޅޭ ހަމަ ލޮލަށް ނުފެންނަ ވަރުގެ ކުދި ސުއިއްޕެއް އެހެން އެއްޗެއްގައި ޖެހުމުން އޭގެޒާރުގައި އަމިއްލައަށް ދިއްލޭ ދިއްލުމެކެވެ. އެހެންކަމުން ވަކި ދުވަސްވަރަކަށް ރެނދަންލާ މިންވަރު އިތުރުވަނީ، ކަނޑުގެ ލޮނުގަނޑުގެ ދައުރުވުމާއި ފިނި ހޫނުމިން ހުންނަ މިންވަރަކުން އެ ބާވަތުގެ ސޫފި ގޮޑުދޮއްތަކުގަ އާއި މޫދުގެ ވަކި ހިސާބުތަކުގައި އުޅޭ މިންވަރު އިތުރުވާ އިތުރު ވުމުންނެވެ.
އަޅުގަނޑު މިތަނުގައި މި ދެންނެވީ ކޮންމެހެން ރޫހާނީ ކަމަކާގުޅިގެން ރެނދަން ނުލާނެ ވާހަކައެއް ނޫނެއެވެ. އެފަދަ ކަމެއްގެ ސަބަބުން ލާ ރެނދަނަކީވެސް ހަމަ އެފަދަ ކަމަކާއެކު އަންނަ މި ބާވަތުގެ ސުއިއްޕެއް ދިލްލޭ ދިއްލުމަކުން ވާކަމެކެވެ. ކަނޑުގައި މިފަދަ ގޮތަކަށް ދިއްލޭ އެކި ސައިޒުގެ 1500 އަށްވުރެ ގިނަ ބާވަތުގެގެ ސޫފާސޫފި ދިރިއުޅޭކަން މިހާތަނަށް ވަނީ ހޯދިފައެވެ.