އެޕްރިލްމަހު ޑެންގީ ހުމަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު މާރޗްމަހަށްވުރެ %48 އިތުރު

އެޕްރިލްމަހު ޑެންގީ ހުމަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު މާރޗްމަހަށްވުރެ %48 އިތުރު

ފާއިތުވީ އެޕްރިލްމަހު ޑެންގީއަށް ޕޮޒިޓިވް ވެފައިވާ މިންވަރު އޭގެ ކުރީމަހަށްވުރެ %48 އިތުރުކަމަށް ދައްކައިފިއެވެ. އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި ފާއިތިވި އެޕްރިލްމަހު 244 މީހުން ޑެންގީ ހުމަށް ޕޮޒިޓިވް ވެފައިވާއިރު އޭގޭ ކުރިން އައި މާރޗްމަހު ޑެންގީއަށް ޕޮޒިޓިވް ވެފައިވަނީ 119 މީހުންނެވެ. މިއީ %48 އިގެ އިތުރުވުމެކެވެ.

އެހެނިހެން ބަލިތަަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު މިދިޔަ މަހު ވަނީ މަދުވެފައެވެ. އެގޮތުން، ނިމިދިޔަ އޭޕްރީލް މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 22،739 މީހުންނެވެ. މިއީ މާޗު މަހާ އަޅާބަލާއިރު، 10،898ގެ ދަށްވުމެކެވެ.

އޭޕްރީލް މަހު އިންފްލުއެންޒާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ އަށް މީހުންނަށެވެ. އަދި، ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ 2،714 މީހުންނެވެ.

މި ދުވަސްވަރަކީ ވިއްސާރަ މޫސުމަކަށްވުމުން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ޑެންގީގެ އިތުރުން، ޗިކުންގުންޔާ ވެސް ވަނީ މި ދުވަސްވަރު އިތުރުވެފައެވެ.

މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ މަދިރި ހެފުމުން ރައްކާތެރިވުމެވެ. މަދިރި ހެފުމުން ރައްކާތެރިވުމަށް، މަދިރި ލޯޝަން ބޭނުންކުރުމާއި މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *