ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ހައްޖާޖީއަކަށްވެސް ޓްރެކިން ޑިވައިސްއެއް ދެނީ

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ހައްޖާޖީއަކަށްވެސް ޓްރެކިން ޑިވައިސްއެއް ދެނީ

Author
ހުސެއިން
14 މެއި 2024 09:27
0

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަހަރު ހައްޖަށްދާ ކޮންމެ ހައްޖާޖީއަކަށް އެ މީހަކު ހުންނަ ލޮކޭޝަނެއް ޓްރެކް ކުރެވޭނެ ޓްރެކިންގް ޑިވައިސްއެއް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝަކީލް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެމިއަދު" ޕްރޮގްރާމުގައި ހައްޖުގެ ތައްޔާރީތަކާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ، ކޮންމެ މީހަކަށް ޓްރެކިން ޑިވައިސްއެއް ދެވޭނެ ކަމަށާއި، ހައްޖުގެ އަޅުކަމުގެ ތެރެއިން އަމިއްލައަށް އެމީހަކަށް އެ ހުރެވުނު ސަރަހައްދެއް ނޭންގޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޑިވައިސްގެ ބަޓަންއަކަށް ފިއްތާލުމުން، އެ ކޯޕަރޭޝަނުގެ ސިސްޓަމަށް އެމީހަކު ގެއްލިގެން އުޅޭކަން ފާހަގަވެގެން ދާނެ ކަމަށެވެ.

"އެބޭފުޅަކު އަމިއްލަފުޅަށް އެ ހުރެވޭ ތަނެއް ނޭންގޭ ހާލަތެއް އައިސްފިނަމަ، ޑިވައިސްގެ ބަޓަންއަކަށް ފިތާލީމަ އަޅުގަނޑުމެންގެ ސިސްޓަމްތެރެއިން އިނގޭނެ އެބޭފުޅާ މިހާރު މިއުޅެނީ ގެއްލިގެންކަން. އެބޭފުޅާ އެ ހުންނެވި ތަނެއް، ސީދާ ލައިވް ލޮކޭޝަން ހޯދާލެވޭ ވަރުގެ ނިޒާމެއް މިވަނީ ގާއިމްކުރެވިފަ،" ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ، މި ނިޒާމަކީ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ހައްޖަށްދާ ފަރާތްތައް ގެއްލި ބައެއް ފަހަރު ހިތާމަވެރި ހާދިސާތައް ހިނގަމުންދާތީ، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ނިޒާމެއް ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ގްރޫޕްތަކުން މީހުން ގެއްލިއްޖެނަމަ، ސިސްޓަމް މެދުވެރިކޮށް އެމީހަކު ހުރި ހިސާބު ބަލާލެވޭނެ ކަމަށެވެ. އަދި ބަޓަންއަށް ފިތާނުލާނަމަ، އެމީހަކު އެއުޅެނީ ގެއްލިގެން ނޫންކަން އެނގިގެންދާނެ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.