ދިވެހި ނޫސްވެރިން ތަމްރީނު ކުރުމަށް ޕާކިސްތާނަށް ފޮނުވުމަށް މަޝްވަރާ ކޮށްފި

ދިވެހި ނޫސްވެރިން ތަމްރީނު ކުރުމަށް ޕާކިސްތާނަށް ފޮނުވުމަށް މަޝްވަރާ ކޮށްފި

ގުޅުންހުރި

ދިވެހި ނޫސްވެރިން ތާމްރީންކުރުމަށް ޕާކިސްތާނަށް ފޮނުވުމަށް ޕާކިސްތާން ހައި ކޮމިޝަނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މަޝްވަރާކޮށްފިއެވެ.

އެމްއެމްސީއިން ބުނީ ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ކުރަމުން ގެންދާ މަސައްކަތްތަކިގެ ތެރެއިން ޕާކިސްތާނުގައި ތައުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ރާއްޖޭގެ ނޫސްވެރިންނަށް ތަމްރީނގެ ފުރުސަތުތަކެއް ހޯދައިދިނުމަށް ޕާކިސްތާނު ހައިކޮމިޝަނާއެކު މަޝްވަރާކުރި ކަމަށެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ، މެންބަރު އަލީ ނިޝާން، މެންބަރު މުހައްމަދު އަފްރާހް، އަދި ކައުންސިލްގެ އެސްޖީ ޑރ. އިބްރާހިމް ސަމީރު ކަމަށް އެ ކައުންސިލުން ބުނެއެވެ.

އަދި ޕާކިސްތާނު އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑާ ވައިސް އެޑްމިރަލް (ރިޓަޔާޓް) މުހައްމަދު ފައްޔާޒް ގިލާނީ އަދި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގްރްނައިން އަހްމަދު ކަމަށް އެމްއެމްސީއިން ބުނެއެވެ.

އެމްއެމްސީއިން ބުނީ އެ ބައްދަލުވުމުގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް ޕާކިސްތާނަށް އަންނަ ޖޫން މަހުގައި ދިޔުމަށް ހަމަޖެހިފައިވާކަމަށް ކޮމިޝަނުން ޔަގީންކަންދިން ކަމަށެވެ. އެ ތަމްރީންގައި ބައިވެރިވާ ނޫސްވެރިން ޕާކިސްތާނުގެ މަޝްހޫރު ބައެއް މީޑިއާ ހައުސްތަކަށް ޒިޔާރަތް ކުރުމުގެ އިތުރުން ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގެ ސެޝަންތަކުގައި ބައިވެރިވާނެ ކަމަށެވެ.

އޭގެ އިތުރުން އެމްއެމްސީ އާއި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔާގީންކަން ޕާކިސްތާނުގެ ހައި ކޮމިޝަނަރު ދެއްވާފައިވާ ކަމަށް އެމްއެމްސީއިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ