އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާމިގިއްޔަށް، އެއީ 103 މިލިމީޓަރު

އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާމިގިއްޔަށް، އެއީ 103 މިލިމީޓަރު

ގުޅުންހުރި

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ އދ. މާމިގިއްޔަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ދޭތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ވާރޭ ވެހުނު އަދަދުތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ މާމިގިއްޔަށެވެ. އެ ރަށަށް 103 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ދެވަނަ އަށް އެންމެ ގިނަ އިން ވާރޭ ވެހިފައި ވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. ހިތަދޫ އަށް 68.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީގެ ގަމަށެވެ. ގަމަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތައް:

1- އދ. މާމިގިލި: 103 މިލިމީޓަރުގެ ވާރޭ
2- އައްޑޫ ސިޓީ ހިތަދޫ: 68.3 މިލިމީޓަރުގެ ވާޜޭ
3- އައްޑޫ ސިޓީ ގަން: 44 މިލިމީޓަރުގެ ވާރޭ
4- މ. މުލި: 43 މިލިމީޓަރުގެ ވާރޭ
5- ބ. ގޮއިދޫ: 26 މިލިމީޓަރުގެ ވާރޭ

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ