އެއާޕޯޓުގައި މާރާމަރީ ހިންގި ބިދޭސީ މީހާ ގޮވައިގެން އެހެން މީހަކު ދަނީ.

އެއާޕޯޓްގައި މާރާމާރީ ހިންގި މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި

އެއާޕޯޓްގައި މާރާމާރީ ހިންގި މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި

ގުޅުންހުރި

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި އިއްޔެ މާރާމާރީ ހިންގި އެމެރިކާގެ މީހާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ ރާއްޖެ އިން ފުރުން މަނާކޮށްފައި ވަނިކޮށް ކަން އެނގިއްޖެއެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އެ ކޯޓުން އިއްޔެ އޭނާ ދޫކޮށްލީ ބައެއް ޝަރުތުތައް ކުރުމަށް ފަހުގައެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނީ ކުށެއް ނުކުރުމަށާއި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން އެއްވެސް ތަނަކަށް ދަތުރު ނުކުރުމަށާއި ތަހުގީގަށް ބަޔާން ދިނުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ކުރި ޝަރުތެވެ.

ބިދޭސީ މީހާ ޝަރުތުތަކަކާ އެކުގައި ދޫކޮށްލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެންގުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

މި މަރާމާރީ ހިންގީ ރާއްޖެ އައި ފަތުރުވެރިއެއް ކަމެއް އަދި ބިޒްނަސް ވިސާގައި އައި މީހެއް ކަމެއް ސާފެއް ނުވެއެވެ.

މި މާރާމާރީއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީމީހާ ގޮސް ޖަހަނީ އެއާލައިން މުވައްޒަފެއްގެ މޫނުމަތީގައެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް ޖަހާ ތަން ވީޑިއޯ އިން ފެނެއެވެ.

އެ ބިދޭސީ މީހާ ހުއްޓުވަން އިތުރު ބަޔަކު މަސައްކަތް ކުރާ ތަން ވެސް ފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ