ވީއައިއޭގެ ދެ މުވައްޒަފަކަށް މިއަދު ހަމަލާދިން ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދެ މުވައްޒަފަކަށް ހަމަލާދީފައިވަނީ އެމެރިކާ މީހެއްކަމަށް އެނގިފައިވެއެވެ.
ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މީހާ އެއަރޕޯޓުގެ މުވައްޒަފެއްގެ ކަންކަށިމަތީ ޖަހާ އޭނާ ވައްޓާލުމާއެކު، އިތުރު މުވައްޒަފަހުވަނީ ހަމަލާ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. އެއާއެކު ބިދޭސީ މީހާވަނީ އެނބުރި އައިސް އޭނާއަށްވެސް ހަމަލާ ދީފައެވެ. އެއަށްފަހު ދެން ވީޑިއޯއިން ފެންނަނީ މީހަކު އޭނާ އެތަނުން ދުރަށްލާ، އޭނާ ގޮވައިގެން ދާ މަންޒަރެވެ.
އެނގިފައުވާ ގޮތުގައި އޭނާ އެއަރޕޯޓު ޑިއުޓީގައި ތިބި ދެ މުވައްޒަފަކަށް ހަމަލާދިނީ އޭނާގެ ލަގެޖް ބަރުވެ، އެކްސްޓްރާ ޖަގެޖަށް ފައިސާ ދެއްކުމަށް އެދުމުންނެވެ.
ފުލުހުން ބުނެފައިވަނީ ވަނީ އެމީހާ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތް ނިންމަން ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި، ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށެވެ.