ވީއައިއޭގެ ދެ މުވައްޒަފަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރު ކޮށްފި

ވީއައިއޭގެ ދެ މުވައްޒަފަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރު ކޮށްފި

Author
ހުސެއިން
07 މެއި 2024 11:08
0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދެ މުވައްޒަފަކަށް ހަމަލާދިން ބިދޭސީއަކު ހައްުޔަރު ކޮށްފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މީހާ އެއަރޕޯޓުގެ މުވައްޒަފެއްގެ ކަންކަށިމަތީ ޖަހާ އޭނާ ވައްޓާލުމާއެކު، އިތުރު މުވައްޒަފަހުވަނީ ހަމަލާ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. އެއާއެކު ބިދޭސީ މީހާވަނީ އެނބުރި އައިސް އޭނާއަށްވެސް ހަމަލާ ދީފައެވެ.

އެއަށްފަހު ދެން ވީޑިއޯއިން ފެންނަނީ މީހަކު އޭނާ އެތަނުން ދުރަށްލާ، އޭނާ ގޮވައިގެން ދާ މަންޒަރެވެ.

އެމްއޭސީއެލް ވަނީ ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާތީ، އިތުރު ތަފްސީލެއް ދެވެން ނެތްކަމުގައެވެ. އަދި ފުލުހުން ވެސް މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ބިދޭސީ މީހާ، ދިވެހި ދެ މުވައްޒަފަކަށް ހަމަލާ ދިން އިރު އެތަނުގައި ގިނަ ބަޔަކު ތިބިކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.