ދޯންޏަކަށް އަރުވަމުންދިޔަ ކާރެއް ފަޅުތަރެއަށް ވެއްޓިއްޖެ

ދޯންޏަކަށް އަރުވަމުންދިޔަ ކާރެއް ފަޅުތަރެއަށް ވެއްޓިއްޖެ

ދޯންޏަކަށް އަރުވަމުންދިޔަ ކާރެއް ފަޅުތަރެއަށް ވެއްޓިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ލ. ފޮނަދޫގައެވެ.

ފުލުހުން ބުނެފައިވަނީ މޫދަށް ވެއްޓިފައިވަނީ ކާރު ބަނދަރުގައި އޮތް ދޯންޏަކަށް އަރުވަން އުޅުމުގެ ތެރޭގައި ކަމުގައެވެ. މިހާދިސާ ހިގާފައިވަނީ މިރޭ 9:00 ހާއިރުއެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާއި، މޫދަށް ވެއްޓުނު ކާރު ފަހުން މޫދުން ނަގާ ދޯންޏަށް އަރުވާފައިވާ ކަމުގައެވެ.

ސޯޝަލް މީޑިއާގައި ވަނީ މިކާރު މޫދަށް ވެއްޓިފައިވާ މަންޒަރުގެ ވީޑިއޯ ދައުރު ކޮށްފައެވެ. ވޯޑިއޯއިން ފެންނަ ގޮތުގައި ހުދުކުލައިގެ މިކާރުވަނީ ފަޅުތެރެއަށް އެކީ އަޑިއަށް ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *