ދައުރު ނިމެން 3 ހަފަތާއަށް ވެފައި ވަނިކޮށް ޖާބިރު މެމްބަރުކަމުން އިސްތިއުފާ ދީފި

ދައުރު ނިމެން 3 ހަފަތާއަށް ވެފައި ވަނިކޮށް ޖާބިރު މެމްބަރުކަމުން އިސްތިއުފާ ދީފި

Author
ހުސައިން
03 މެއި 2024 10:37
0

19 ވަނަ މަޖިލިސް ނިމެން 3 ހަފްތާއަށް ވެފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެމްބަރު މެމްބަރުކަމުން އިސްތިއިފާ ދީފިއެވެ. ޖާބިރު ވަނީ މިކަން ޔަގީން ކޮށްދީފައެވެ.

މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ޖާބިރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ 20 ވަނަ މަޖިލިހުގެ ގިނަ ގޮނޑިތަކެއް ސަރުކާރަށް ދިއުމަކީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސޮއްސާލުން ކަމަށާއި، އޭނާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކޮށްފައި ވަނިކޮށް ޕްރައިމަރީގައި ވާދަވެސް ނުކުރާ ފަރާތަކަށް އެ ޕާޓީގެ ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާއި ޚިލާފް އަމަލެއް ކަމުގައެވެ.

އަދި އޭނާ ވިދާޅުވެފައިވަނީ އޭނާއަކީ ރާއްޖޭގެ އިގްތިސާދުގައި އެތައް މިލިއަން ޑޮލަރެއް އިންވެސްޓް ކޮށްފައިވާ ފަރާތެއް ކަމަށާއި، މަޖިލިހުގައި އޭނާ މަސައްކަތް ކުރަމުން އައިސްފައިވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ހެޔޮ ނިޔަތުގައި ކަމަށްވެސްޖާބިރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އޭނާގެ ސިޓީގައި ވިދާޅުވެފައިވަނީ އޭނާއާމެދު އެމްޑީޕީން އަމަލުކުރި ގޮތުންނާއި އަދި މިހާރުގެ ސަރުކާރަށް ރާއްޖޭގެ ރައްޔިތުންގެ ތާއީދު އޮތްކަމަށް ފެންނާތީ އޭނާ ކާށިދޫ ދާރިއާގެ މެމްބަރުކަމުން އިސްތިއުފާ ދިނީކަމުގައެވެ.

ޖާބިރު ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ. އޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތީ ފާއިތުވި ރިޔާސީ އިންތިޚާބަށް ގާތް ވެފައި ވަނިކޮށްވެ. އެހެންނަމަވެސް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އޭނާ ޕާޓީން ވަކިކޮށް، އޭނާ ކާމިޔާބުކުރި އެޕާޓީގެ ޕްރައިމަރީ ޓިކެޓް އަތުލަން ނިންމުމާއި ގުޅިގެން ކާށިދޫ ދާއިރާއަށް އޭނާ ވާދަކޮށްފައިވަނީ އަމިއްލަ ގޮތުންނެވެ.

ޖާބިރު ހިމެނިގެން ދިޔައީ 19 ވަނަ މަޖިލިހުގައި އޭނާ ތަމްސީލު ކޮށްފައިވާ ގޮތުން ގިނަބައެއްގެ ފާޑު ކިއުން އަމާޒުވި އަދި ގިނަ ބައެއްގެ ޝައުގެވެރިކަންވެސް ލިބިގެންދިޔަ މެމްބަރެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.