ޑރ ރަމްޝާގެ މައްޗަށް ޣައިބަށް ކަށުނަމާދު މިއަދު ހުކުރަށްފަހު ސަލްމާން މިސްކިތުގައި

ޑރ ރަމްޝާގެ މައްޗަށް ޣައިބަށް ކަށުނަމާދު މިއަދު ހުކުރަށްފަހު ސަލްމާން މިސްކިތުގައި

Author
ހުސެއިން
03 މެއި 2024 09:50
0

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށް ނިޔާވި އައިޖީއެމްއެޗްގެ ކުރީގެ ސާޖިކަލް މެޑިކަލް އޮފިސަރު ޑރ. އައިމިނަތު ރަމްޝާ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދުކުރާ މިއަދު ހުކުރަށްފަހު ސަލްމާން މިސްކިތުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރެއްގެ މަގާމް އަދާކުރެއްވި ޑރ. ރަމްޝާ ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރަމްޝާވަނީ އައިޖީއެމް ހޮސްޕިޓަލްގެ އީއާރުގައި މަސައްކަތް ކުރައްވާފައެވެ.

ޑރ. ރަމްޝާ ނިޔާވިއިރު އޭނާވަނީ ކެންސަރ ސޮސައިޓީގެ ބޯޑު މެމްބަރުކަންވެސް ކުރައްވާފައެވެ. އޭނާއަށް ކެންސަރު ޖެހުނުކަން އެނގުނީ އިތުރު ތައުލީމި ހާސިލް ކުރުމަށް ބެންކޮކްގައި ހުއްޓާ 2020 ވަނަ އަހަރުއެވެ. އޭރު އޭނާ ގެންދެވީ ބެންކޮކްގައި އިތުރަށް ތައުލީމު ހާސިލް ކުރަމުންނެވެ.

ރަމްޝާވަނީ ބެންކޮކްގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް މަސައްކަތް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.