ފަލަސްތީނަށް އިންސާފު ހޯދުމުގެ އަޑުތައް އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވަތި ކަމެއް: ހައިދަރު

ފަލަސްތީނަށް އިންސާފު ހޯދުމުގެ އަޑުތައް އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވަތި ކަމެއް: ހައިދަރު

ފަލަސްތީނުގެ މިނިވަންކަމަށް ވާކާލާތުކޮށް އުފުލަމުންދާ އަޑުތައް އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވަތި ކަމެއްކަމުގައި ޑރ އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ހައިދަރު މިހެން ވިދާޅުވީ އދ ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްތީނުގެ ހައްގުގައި ވާހަކަ ދައްކަވަމުންނެވެ. ހައިދަރު ވިދާޅުވީ ފަލަސްތީނަށް އިންސާފު ހޯދައި ދިނުމަށް ގަދަ އަޑުން ގޮވަމުންދާ ގޮވެލީގެ އަޑު، އެންމެ ވޯޓަކުން ކަނޑުވާލުމަކީ ވަރަށް ވެސް ލަދުވަތި ކަމެއް ކަމަށާއި، (އެ އަޅާނުލީ) އދ ގެ އާއްމު މަޖިލީހުގެ 140 މެންބަރުން ( ސެކިޔުރުޓީ ކައުންސިލްގެ 12 މެންބަރ ސްޓޭޓް ހިމެނޭހެން) ގޮވާލި ގޮވެއްޔެއް ކަމުގައެވެ.

އަދި އެއީ ޔުނިވާސިޓީ ތަކުގަޔާއި، މަގުތަކުގަޔާއި، މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސުލްހަވެރި އިހްތިޖާޖު ތަކުގައި އުފުލަމުންދާ އަޑެއްކަމަށާއި، އދ ގެ 193 މެންބަރު ގައުމު ތަކުގެ ތެރެއިން އެންމެ ގައުމެއްގެ ވޯޓުން ދެކޮޅު އެ ހެދުނީ، އިންސާފަށް އެދި ގޮވަމުން ދިޔަ ގޮވެލި، ބަލައިގަތުމަށް ގޮވަމުން ދިޔަ ގޮވެލި، އަމިއްލަ ހައިސިއްޔަތެއް އޮތުމަށް ގޮވަމުން ދިޔަ ގޮވެލި ކަމުގައެވެ.

ހައިދަރު އިތުރަށް ވިދާޅުވީ، 1 ވޯޓުގެ ސަބަބުން އދ ގެ ސަލާމަތީ މަޖިލިސް އަނެއްކާވެސް ފެއިލް ވެފައިވާ ކަމަށާއި، އެ 1 ވޯޓުގެ ސަބަބުން އދ ގެ ސަލާމަތީ މަޖިލިސް އިސްރާއީލްގެ ގަތުލު އާއްމު ހުއްޓުވުމަށްވެސް ފެއިލް ވެގެން ހިގައްޖެ ކަމުގައެވެ.

ހައިދަރުގެ ވާހަކަފުޅުގައި ވިދާޅުވީ އދ ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވެމުން ދާ އެވަގުތުގައިވެސް ފަލަސްތީނުގައި ގަތުލް އާއްމު ހިންގަމުންދާ ކަމަށެވެ. އަދި ފަލަސްތީނުގައި މީގެ ކުރިންވެސް ިއސްރާއިލް ހިންގާފައިވާ އަނިޔާވެރި  ޖަރިމާތައް މިހާރުވެސް ތަކުރާރުވަމުންދާކަމަށާ، އިމާރާތް ތަކުގެ ދަށުން ފަލަސްތީނުގެ ކުދި ބޮޑު ރައްޔިތުންގެ ފުރާނަނެތް ހަށިތައް ނަގައި މިހާރުވެސް   ވަޅުލަންޖެހިފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ އެ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަންކަމެއް ނޫންކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *