އެމްއާރުއެމް އުވާލުން ބާތިލްކުރި ހުކުމް ހައިކޯޓުގައި އިސްތިއިނާފް ކޮށްފި

އެމްއާރުއެމް އުވާލުން ބާތިލްކުރި ހުކުމް ހައިކޯޓުގައި އިސްތިއިނާފް ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ މެންބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީ އުވާލި ނިންމުން ސިވިލް ކޯޓުން ބާތިލު ކޮށް ސިވިލް ކޯޓުން ކުރި ހުކިމް އީސީން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން އެ ޕާޓީ އުވާލި ނިންމުން ސިވިލް ކޯޓުން ބާތިލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލަ އީސީން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ. އެހެންނަމަވެސް އެ މައްސަލަ ހައި ކޯޓަށް އަދި ބަލައިގަތް ކަމެއް އެނގިފައެއް ނުވެ އެވެ. އަދި މައްސަލަ އިސްތިއުނާފް ކުރިކަމެއްވެސް އީސީން ރަސްމީކޮށް ހަމަކޮށްފައެއް ނުވެއެވެ.

ސިޔާސީ ޕާޓީއެއްގައި ތިބެން ގާނޫނުން ލާޒިމުކުރާ 3،000 މީހުން ހަމަނުވާ ކަމަށް ކަނޑައަޅައި އީސީން އެމްއާރުއެމް އުވާލީ މިދިޔަ އަހަރުގެ މެއި 24 ގަ އެވެ. އޭރު އީސީން ބުނީ އެގޮތަށް ނިންމީ މެންބަރުން ހަމަކުރަން ދިން ފުރުސަތުގައި ވެސް އެ އަދަދަށް މެންބަރުން ހަމަނުކުރެވުމުން ކަމަށެވެ.

އީސީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން އޭރު ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅި އެވެ. މީގެ ކުރިން ކޯޓުން ވަނީ އެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ އަމުރެއް ވެސް ނެރެފަ އެވެ.

އީސީގެ ދަފްތަރުގައި މިހާރުވެސް އެމްއާރިއެމް އޮތީ ތިންހާސް ހަމަނުވާ ޕާޓީއެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *