ޕީއެސްއެމްގެ ފައިނޭންސް ހެޑް މަސައްކަތުން އެކަހެރި ކޮށްފި

ޕީއެސްއެމްގެ ފައިނޭންސް ހެޑް މަސައްކަތުން އެކަހެރި ކޮށްފި

Author
ހުސައިން
30 އޭޕްރިލް 2024 05:49
0

ކޯޓުގައި ހިނގަމުން އަންނަ މައްސަލަތަކެއްގައި ހިމެނޭ ފައިސާތަކެއް ދޫނުކޮށްގެން ޕަބްލިކް ސާވިސް މީޑިއާ (ޕިއެސްއެމް) ގެ ފައިނޭންސް ހެޑު އަހުމަދު ހަނީފް ސަސްޕެންޑުކޮށްފި އެވެ.

މިކަން އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އޭގައި ބުނީ ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމަންޓުން ޕޭމަންޓްތަކާއި ކޭޝްފްލޯ މެނޭޖްކުރުމުގައި ކޯޕަރޭޓް އުސޫލާ ހިލާފަށް ހަނީފު އަމަލު ކުރައްވާފައިވާތީ ކުންފުނީގެ ބޯޑުން މައްސަލަ ބަލައި ނިމެންދެން އޭނަ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމުން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

އެނގިފައިވާ ގޮތުހައި ހަނީފަށް އެންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީއެސްއެމުން ކުރުވި މަސައްކަތްތަކެއްގެ ފައިސާ ދޫކުރާށެވެ. ނަމަވެސް މިހާތަނަށް ފައިސާ ދޫކޮށްފައި ނުވަނީ އިންވޮއިސް އާއި ބިލު ފަދަ ތަކެތި ހަމަނުވެގެންނެވެ. މައްސަލަތައް މިހާރު އޮތީ ކޯޓުގަ އެވެ.

ކައުންޓިން އާއި ފައިނޭންސް ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ ހަނީފަކީ 2006 ވަނަ އަހަރުން ފެށިގެން ޕީއެސްއެމްގައި މަސައްކަތް ކުރައްވަނުން ގެންދަވާ މުވައްޒަފެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.