ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

Author
ހުސައިން
30 އޭޕްރިލް 2024 11:24
0
ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެ މީހާ ފެނިފައިވަނީ ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ. މަރުވެފައިވަނީ ބިދޭސީއެކެވެ.

"ފެނުނުއިރު މީހާގެ އެއްވެސް ހަރަކާތެއްނެތް" އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.

އެ މީހާގެ ހަށިގަނޑު ކ. ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ބުނެފައި ވެއެވެ.

ބިދޭސީ މީހާ މަރުވެފައި ވަނިކޮށް ފެނިފައިވަނީ  މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ގެއްލުނު މީހާ ހޯދުމުގައި ހަރަކާތްތެރިވާން ފަށާފައިވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.