ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ގެއްލުނު މީހާ ހޯދުމުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމުގައެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، މި ލޭންޑިންގ ކްރާފްޓްގައި ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު "ސީއެމްބިއުލޭންސް 21″ އަށް ނަގާފައިވާކަމުގައެވެ.
އަދި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ދަނީ ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ