ބިމުގެ ބިލުން، ކައުންސިލްތަކަށް ދޫކޮށްފަ އޮތް ބާރު ވަޒީރުންގެ އަތަށް އަރާކަމުގެ ކަންބޮޑުވުން

ބިމުގެ ބިލުން، ކައުންސިލްތަކަށް ދޫކޮށްފަ އޮތް ބާރު ވަޒީރުންގެ އަތަށް އަރާކަމުގެ ކަންބޮޑުވުން

ސަރުކާރުން ހުށައަޅާފައިވާ "ދިވެހި ރާއްޖޭގެ ބިމާއި ބެހޭ ބިލް"އިން ބިންތަކާއި ގުޅޭގޮތުން މީގެކުރިން ކައުންސިލްތަކަށް ދޫކޮށްފަ އޮތް ބާރު ވަޒީރުންގެ އަދަށް ދާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ފާޅު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި "ދިވެހި ރާއްޖޭގެ ބިމާއި ބެހޭ ބިލް" ހުށައެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލިޑަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން މަޖިލީހުގައި ނައިބް ރައީސްކަންވެސް ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ މި ބިލަކީ ޑިމޮކްރަސީއާ ބީރައްޓެހި ރައްޔިތުންގެ ބާރު ކެނޑޭގޮތަށް ފަރުމާކޮށްފައިވާ ބިލެއްކަމަށެވެ. އަދި އޭނާ ވިދާޅުވީ މި ބިލް ގާނޫނަކަށް ވެއްޖެނަމަ މިކަން ވެގެންދާން ލާމަރުކަޒީ އުސޫލަތަކަށް ތަބާ ނުވާ ވަރަަށް ބޮޑަށް ރައްޔިތުންގެ ބާރުތައް ކެނޑޭނެ ބިލަކަށް ކަމުގައެވެ. އެގޮތުން ފެހި ގާނޫނު އަސާސީގެ ދަށުން ކައުންސިލްތަކަށް ލިބުނު ބާރުތައް މި ބިލް ގާނޫނަށް ވުމުން ހަނިވެގެންދާކަމަށް ސަލީމް ވިދާޅުވިއެވެ.

2008 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން އަމަލުކުރަމުން މިދާ ފެހި ގާނޫނު އަސާސީ ދަށުން ބިން އެކި ކަންކަމަށް ކަނޑައަޅާ ދޫކުރުމުގެ ބާރު ކައުންސިލަތަކަށްް ގާނޫނެއްގެ ދަށުން މި އޮތީ ދީފައި. އެހެންނަމަވެސް މިހާރު ހުށައަޅާފައި މި ބިލުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް މި ދަނީ މިނިސްޓަރެއްގެ އަތްޕުޅަށް. މީ އަޅުގަނޑު ވަރަށް ކަންބޮޑުވުމާއި އެކު ފާހަގަކުރާކަމެއް.
ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިބިލުގައިވާ ގޮތުން ބިމުގެ ރަޖިސްޓްރީ ދޫކުރަނީ މާލޭގައި ހުންނަ ރަޖިސްޓްރާއެއް ކަމަށް ބުނުމުން ރަށުން ބިން ދޫކުރުމަށް ކައުންސިލްތަކަށް ލިބޭ ބާރުވެސް ގެއްލިގެންދަނީ ކަމަށެވެ. އަދި ބިން އެކި ބޭނުމަށް ކަނޑައެޅުމުގެ ބާރު ކަައުންސިލްތަޖޖުން ނަގާ އެ ބާރު ރައީސްއަށް ލިބޭބެ ގޮތަށް ބިލުގައި ހިމަނާފައިވާކަމަށް ސަލީމް ވީދާޅުވިއެވެ.

ކައުންސިލްގެ އިހްތިސާސްގައިވާ ބިމާއި ސަރުކާރުގެ އިދާރާތަކުން ހަވާލުކުރާ ބިމާއި ލޭންޑް ޔޫސް ޕްލޭނާއި ކަނޑައަޅާ އެކު ބިން ކުއްޔަށް ދިނުމާއި ބޭނުންކުރުމަށް ކަނޑައެޅުމުގެ ބާރު މި އޮތީ ކައުންސިލަަށް ލިބިދީފައި. އެެހެންނަމަވެސް މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ބިލް ގާނޫނަކަށްވުމުން މި ބާރުތައް ކައުންސިލުން އެނަ ނިގުޅާގަނޭ.
ސަލީމް ވިދާޅުވިއެވިއެވެ.

"ދިވެހި ރާއްޖޭގެ ބިމާއި ބެހޭ ބިލް" ބަހުސަށް ހުޅުވާލުމުން މުޅިހެން ވާހަކަ ދައްކާފައިވަނީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ. އެ ހުރިހާ މެމްބަރުންވެސް ވަނީ ބިލުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އަދި ބިލުމުގައި މިހާރާއި ނުގުޅޭ ގިނަ ކަންތައްތަކެއް ހުރިކަން އެ މެމްބަރުން ފާހަގަކުރެއްވިއެވެ.

ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން ބިލް ހުށައެޅުއްވި ސަރުކާރުގެ މެމްބަފރުން މުސާ ސިރާޖު ވިދާޅުވީ މި ބިލަކީ މިހާރު ވަރަށް މުހިއްމު ބިލެއްކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ މިހާރު އަމަލުކުރަންދާ ބިމުގެ ގާނޫނަށް 22 އަހަރަށްް ވުރެ ގިނަ ދުވަސްވެފައިވުމުން އެ ބިލިގައި ހުރި ކަންކަން މިޒަމާނާ ނުގުޅޭތީކަމަށެވެ. އަދި ބިލުގައިވާ ކަންބޮޑުވާކަމެއް ހުރިނަމެ އެކަން ކޮމެޓީގައި މަރުހަލާގައި ބަހުސްކޮށް ހައްލުކުރަން ތާއީދުކުރައްވާކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *