"ކޭލް ކޭލް މޭ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

"ކޭލް ކޭލް މޭ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
29 އޭޕްރިލް 2024 03:01
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ކޮމެޑީ ފިލްމް "ކޭލް ކޭލް މޭ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ. މި ފިލްމް ރިލީޒް ކުރުމަށް ނިންމައިފައިވަނީ އަކްޝޭގެ އުފަންދުވަސް އަންނަ ހަފްތާގައިއެވެ.

މި ފިލްމް ރިލީޒް ކުރާ ތާރީހް އިއުލާން މި ކުރީ އަކްޝޭގެ އޭރިއަލް އެކްޝަން ފިލްމް "ސްކައި ފޯސް" އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހަށް ރިލީޒް ކުރުމަށް އިއުލާން ކުރިތާ ދެދުވަސް ފަހުންނެވެ. އެހެން ވުމާއި އެކުގައި "ސްކައި ފޯސް" ގެ ކުރިން ބެލުންތެރިންނަށް ފެނިގެންދާނީ އަކްޝޭ ގެ "ކޭލް ކޭލް މޭ"އެވެ.

ސަބަބަކީ "ކޭލް ކޭލް މޭ" ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ ސެޕްޓެމްބަރު 6 ވަނަ ދުވަހަށް ކަމަށްވުމެވެ. އަކްޝޭ ގެ ދެ ޖޯންރާއެއްގެ ފިލްމް އެއް ވަރަށް ކާރި ކާރި ގައި ރިލީޒް ވާނެއެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

"ކޭލް ކޭލް މޭ" ގެ ކާސްޓްގައި ވާނީ ކަޕޫރް، އައްމީ ވާކް، ތާޕްސީ ޕައްނޫ، އަދިތިޔާ ސީލް، ފަރުދީން ޚާން އަދި ޕްރަގިއާ ޖެއިސްވާލް ވެސް ހިމެނެ އެވެ. "ހެޕީ ބާގް ބާގް ޖާއޭގީ" އާއި "ޕަތީ ޕަތުނީ އޯރް ވޯ" ފަދަ ފިލްމުތައް ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަކްޝޭގެ "އެކްޝަން ރިޕްލޭ" އާއި "ނަމަސްތޭ ލަންޑަން" ގެ އިތުރުން "ވަގުތު" ގެ ޑައިރެކްޓަރު ވިޕުލް ޝާހް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.