ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި އުތުރާއި މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވ. އަދި އެލާޓް ނެރެފައިވަނީ މިރޭ 21:30 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާދަމާ ހެނދުނު 6 ޖެހުމާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި 40 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި 5 ގެއަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނުކަމަށްވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފައެވެ.