އިސްލާމިކް ބެންކްގެ މައި އޮފީސް - ފޮޓޯ: އެމް.އައި.ބީ

ހިއްސާދާރަކަށް 2.90ރ. ގެ މަގުން ޖުމުލަ 65 މިލިއަން ރުފިޔާ އެމްއައިބީން ހިއްސާދާރުންނަށް ބަހަނީ

ހިއްސާދާރަކަށް 2.90ރ. ގެ މަގުން ޖުމުލަ 65 މިލިއަން ރުފިޔާ އެމްއައިބީން ހިއްސާދާރުންނަށް ބަހަނީ

ހިއްސާދާރަކަށް 2.90ރ. ގެ މަގުން ޖުމުލަ 65 މިލިއަން ރުފިޔާ އެމްއައިބީން ހިއްސާދާރުންނަށް ބަހަން ނިންމައިފިއެވެ. އެމްއައިބީން ބުނެފައިވަނީ ބޭންކުގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 14 ވަނަ އަހަރީ ޖަލްސާއަށް ފަހުގައި ކަމުގައެވެ.

ބޭންކަށް ފާއިތުވިއަހަރު ޖުމްލަ ފައިދާގެ 37 ޕަސެންޓު ހިއްސާދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

އެމްއައިބީން މިފަހަރު ބެހުމަށް ނިންމާފައިވާ އިންސައްތައަކީ ފާއިތުވި އަހަރަށްވުރެ 65 ޕަސެންޓު އިތުރު އަދަދެކެވެ. ބޭންކުން ބުނެފައިވަނީ މިއަހަރަކީ އެ ބޭންކު ލިސްޓުކުރިފަހު ހިއްސާގެ ގޮތުގައި އެންމެ މަތީ އަދަދެއް ބަހާ ފަހަރު ކަމުގައެވެ.

ބޭންކުގެ އާމްދަނީ އިތުރުވެސް ލިބުނު ފައިދާވެސްވަނީ ވަރަށް ބޮޑަށް ފާއިތުވި އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި އަހަރު އެމްއައިބީއަށް ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ އޭގެ ކުރީއަހަރަށްވުރެ 56 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފާއިތުވި އަހަރު ބޭންކަށް 401 މިލިއަން ރުފިޔާގެ ފައިދާ ލިބިފައި ވެއެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ 90 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެމްއަައިބީގެ ހިއްސާގެ ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ހިއްސާގެ ފައިދާ ލިބޭނެއެވެ.

އެމްއައިބީން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރީ 2019 ވަނަ އަހަރު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *