އަލަށް އިމާރާތް ކުރާ ތިން މިސްކިތުގެ ޑިޒައިން އާންމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަލަށް އިމާރާތްކުރާ އެ ތިން މިސްކިތް ފަރުމާކޮށްފައިވަނީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ ސޯލާ ހަރުކުރެވޭ ގޮތައް ކަމަށެވެ. އަދި މިސްކިތްތަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނީ އޭސީވެސް ހަރުކޮށްފައި ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެ މިސްކިތްތައް ޑިޒަންކޮށް ބީއޯކިއު ހަދާފައިވަނީ، ރިޔަން ޕްރައިވެޓް ލިމިޓެޑުންނެވެ.
އާ ތިން މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. އެއީ 300 މީހުންގެ ޖާގައިގެ މިސްކިތަކާއި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ބިނާ ކުރާ އެ މިސްކިތުގެ މަސައްކަތް އަންނަ ޖޫން މަހު ފައްޓަވާނެ ކަމަށްވެއެވެ.
އަލިފުށި މިސްކިތް ބިނާ ކުރަނީ އަބްދުއްރަޙުމާން މޫސާއެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާގެ އަމިއްލަ ހަރަދުގައި 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ވަނީ އެއްބަސްވެފައެވެ. އެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 ދުވަހެވެ.
300/ 500/ 700 މީހުންގެ ޖާގައިގެ އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ޑިޒައިންތައް ވަނީ ނިމިފަ. މި މިސްކިތްތައް ފަރުމާކޮށްފައިވަނީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ސޯލާ ހަރުކުރެވޭ ގޮތައް, މިސްކިތްތަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނީ އޭސީ ވެސް ހަރުކުރެވިފަ. pic.twitter.com/sTNogd6P6T
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 24, 2024
އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރަނީ މުހައްމަދު ސާލިޙް ނަމަަކަށް ކިޔާ މީހެކެވެ. އޭނާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ހުޅޫދޫ މޫންލައިޓް ކިޔާ ގޯތީގެ ހުރި ބިމުގައި، 200 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރާނީީ އޭނާގެ ހަރަދުގައެވެ. އެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 ދުވަހެވެ.
ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި މިސްކިތެއް ބިނާ ކުރަނީ މުހައްމަދު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ. އޭނާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 2ގައި މިސްކިތެއް ބިނާކުރާނީ އޭނާގެ އަމިއްލަ ހަރަދުގައެވެ.
ކޮމެންޓު ފޮނުވާ