13 އިންސައްތައިގެ ކުރިއެރުމަކާއެކު، މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް

13 އިންސައްތައިގެ ކުރިއެރުމަކާއެކު، މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް

މިއަހަރު މިހާތަނަށް ރާއްޖެއަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރޫގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 728،950 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

އެއީ ފާއިތުވިއަހަރުގެ މި މުމުއްދަތާ އަޅާބަލާއިރު 13 އިންސަައްތައިގެ ކުރިއެރުމެކެެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 644،721 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން މިހާރު ޒިޔާރަތްކުރާ ގައުމަކީ ޗައިނާއެވެ. ދެން ލިސްޓުގެ އެންމެ ކުރީގައި އޮތީ އިނގިރޭސިވިލާތާއި ރަޝިއާއެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ – 77،709 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 72،635 ފަތުރުވެރިން
  • ރަޝިއާ – 72،336 ފަތުރުވެރިން
  • އިޓަލީ – 66،170 ފަތުރުވެރިން
  • ޖަރުމަނު – 57،321 ފަތުރުވެރިން
  • އިންޑިއާ – 40،358 ފަތުރުވެރިން
  • ފްރާންސް – 27،894 ފަތުރުވެރިން
  • އެމެރިކާ – 25،589 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް – 18،548 ފަތުރުވެރިން
  • ޕޮލެންޑް – 15،316 ފަތުރުވެރިން

މިއަހަރުގެ ފާއިތުވި މުއްދަތުގައި ކޮންމެ ދުވަހަކުވެސް ރާއްޖެއަށް އެވްރެޖްކޮށް 6،451 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *