ހުޅުމާލެ ފޭސް 1 ގެ "ލޮޓް 11071″ އިމާރާތުގައި ހުރި އޭސީގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 12:25 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ރޯވި އަލިފާން ނިއްވުމަށް ކުރި މަސައްކަތުން މިއަދު 12:36 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ. މި ހާދިސާގައި އޭސީގެ އައުޓްޑޯރއަށް ވަނީ ގެއްލުންވެފައެވެ. ނަމަވެސް އިމާރާތުގެ އިތުރު ތަނަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ