އެއްވެސް ސަބަބަކާހުރެ ވޯޓުލާގަޑި އިތުރު ނުކުރާނެ: އީސީ

އެއްވެސް ސަބަބަކާހުރެ ވޯޓުލާގަޑި އިތުރު ނުކުރާނެ: އީސީ

Author
ހުސެއިން
21 އޭޕްރިލް 2024 12:20
0

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލާގަޑި އެއްވެސް ސަބަބަކާހުރެ އިތުރު ނުކުރާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ވޯޓުލުމަށްޓަކާ ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައިވާ ކަމަށެވެ. އަދި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައި ކަމަށާއި ވޯޓު ފޮށިތައް ބަންދު ކުރާނީ ހަވީރު 5:30ގައި ކަމަށް އޭނާ ވިދާޅުވިއެވެ. ފުވާދު ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ވޯޓުލާގަޑި އިތުރު ނުކުރާނެ ކަމުގައެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް ގަޑިޖެހޭއިރު ކިއުގައި ތިބޭ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމުގައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ވޯޓު ލުމުގެ ހައްގުގެ ބޭނުން ކުުރުމަށް ފުއާދު އިލްތިމާސް ކުރެއްވިއެވެ.

ފުއާދު ވިދާޅުވީ ރާއްޖެއިން ބޭރުގައިވެސް ވޯޓު ލުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ވާކަމުގައެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވާއިރު. އޭގެތެރޭގައި ހިމެނެނީ139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.