ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ކެނޑި، އޮޕަރޭޝަނަށް ބުރޫއަރައިފިއެވެ. އެއަރޕޯޓުގައި ތިބި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެންމެ ފުރަތަމަ ކަރަންޓު ދިޔައީ މިއަދު ހެނދުނު 9:45 ހާއިރު ކަމުގައެވެ. އޭގެ ސަބަނުން ޗެކިން ހެދުމަށް ބުރޫއަރާ ބައެއް ފްލައިޓްތައް ޑިލޭ ވިކަމަށް "ޚަބަރު އޮންލައިން"އާއި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
އެމްއޭސީއެލްއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ބެކަޕް ޖަނަރޭޓެއް ގެންގޮސް އިންޓަނޭޝަނަލް ޓާމިނަލްއަށް މިހާރުވަނީ ކަރަންޓް ދީފައެވެ.
އެމްއޭސީއެލްއިން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެއަރޕޯޓަށް ކުރިމަތިވި ކަރަންޓުގެ މައްސަލައާއި ގުޅިގެން ކުރިމަތިވެދާނެ ދަތިކަމަށްޓަކާ އެކުންފުނިން މާފަށް އެދޭ ކަމުގައެވެ. އަދި މައްސަލަ ހައްލުކުރުމަށް ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައި ވެއެވެ.