މާދަމާ ރައީސް ޔާމިން މިނިވަން ވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ އޮތް ގައްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލީހުގައި ވާދަކުރައްވާ މުހައްމަދު އަލީގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޔާމިންގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެމަނިކުފާނުވެސް ގޮވާލައްވާފަ ވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިންތިޚާބު ވުމަށް ފަހު އެންމެ ފުރަމަވެސް އެދިވަޑައިގަތީ ރައީސް ޔާމިން ގެއަށް ބަދަލު ކޮށްދިނުމަށްކަމަށާއި އެކަން އޭރުގެ ސަރުކާރުން ކޮށްދިން ކަމުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެހެންނަމަވެސް ރައީސް ޔާމިންގެ މައްސަލައަށް އެމްޑީޕީން ނުގޫޒު ފޯރުވާ ކަމަށާއި، ޖޭއެސްސީގެ މެޖޯރިޓީ އޮތީވެސް އެމްޑީޕީގަ ކަމުގައެވެ.
ޖޭއެސްސީ މިއޮތީ މިހާރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް ބޭފުޅުންގެ އަތުގައި. ޖޭއެސްސީގެ ރައީސަކީ ވެސް އެމްޑީޕީގެ ބޭފުޅެއް. މަޖިލީހުގެ ރައީސަކީ އެމްޑީޕީ ބޭފުޅެއް. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ. އަދި މަޖިލީހުގެ މެމްބަރެއް ޖޭއެސްސީގައި އިންނަވާ. އެހެންގޮސް އެމްޑީޕީގެ ފުލް ބާރު ޖޭއެސްސީގައި މި އޮންނަނީ.
ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަޖިލިސް ރައީސް އަސްލަމް ރައީސް ޔާމިން މިނިވަންކުރަން ޖޭއެސްސީއަށް ސިޓީ ލުމާއެކު ރައީސް ޔާމިންގެ ޝަރީއަތް ޝެޑިއުލްކޮށްފި ކަމަމަށާއި އޭގެއިން ދޭހަވަނީ ޖޭއެސްސީއަށް މިހާތަނަށްވެސް ނުފޫޒު ފޯރުވަމުން ދަނީ އެމްޑީޕީކަން ކަމަށެވެ.
އެކަން މި ސާބިތުވަނީ މީގެ ދުވަސްކޮޅެއް ކުރިން ނޫންތޯ މަޖިލީހުގެ ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެކަން ބަލަން ޖޭއެސްސީން ހުށަހަޅާނަމޭ. ހަމަ އެވާ ހަކަ ވިދާޅުވިތާ ދެތިން ދުވަސް ތެރޭގައި މިހާރު އެ އޮތީ މާދަމާއަށް ޝެޑިއުލްކޮށްފައި. މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ.
ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ