މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ އެތައް ގޮތަކިންސިޔާސީ މަސްރަހުގެ ވާނނުވާ ބުނެދޭނޭ އިންތިޚާބެއް

މަޖިލިސް އިންތިޚާބު 2024: 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފި

މަޖިލިސް އިންތިޚާބު 2024: 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފި

ގުޅުންހުރި

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މަޖިލިސް އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ.

އާދީއްތަ ދުވަހު ބާއްވާ އިންތިހާބަށް ޕްރިންޓްކުރި ވޯޓު ކަރުދާހުގެ އަދަދު އާންމުކޮށްފައިވާއިރު އިންތިހާބަށް ޗާޕުކުރާ ވޯޓު ކަރުދާހުގެ އަދަދު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އާންމު ކުރަން ޖެހެ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ