އަނެއްކާވެސް ކުޅުދުއްފުށިން ކަރަންޓް ކެޑިއްޖެ

އަނެއްކާވެސް ކުޅުދުއްފުށިން ކަރަންޓް ކެޑިއްޖެ

Author
ޙަސަން މުޙައްމަދު
16 އޭޕްރިލް 2024 10:49
0

ކުޅުދުއްފުއްޓަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ރޭ ހައްލު ކޮށްފައިވަނިކޮށް އަނެއްކާވެސް އެރަށުން ކަރަންޓު ހިގައްޖެއެވެ.

ސްޓެލްކޯގެ ޓީމެއް ކުޅުދުއްފުއްޓަށް ގޮސްގެން އެރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރީ އެރަށުން ކަރަންޓު ދިޔަތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.

ކުޅުދުއްފުށި ސިޓީއަށް ކުރުމަތިވަމުންދާތާ މަހެއްހާ ދުވަސް ވަނީ ފާއިވެގެން ގޮސްފައެވެ. އެ ސިޓީއަކީ 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ.

އިއްޔެ ކުޅުދުއްފުށިން ކަރަންޓު ގޮސްފައިވަނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެންނެވެ. ފެނަކައިން ބުނެފައިވަނީ ކުޅުދުއްފުއްޓަށް ދިމާވި މައްސަލަ ހައްލުކޮށް، ކަރަންޓު ދީފައިވަނީ ރޭ 8:10 ހާއިރު ކަމަށެވެ.

ރޯދަމަހު އެއްކޮށް ކުޅުދުއްފުށިން ކޮންމެ ދުވަހަކު ކަރަންޓް ކަނޑަން ޖެހުމުގެ އެކަމުގެ ޒިންމާނެގުމުގެ ގޮތުން ބިލުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ފެނަކައިން އިން އޮތީ ނިންމާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.