އެންޓި ޑިފެކްޝަން ބިލްގެ ހާޑް ކޮޕީ ރައީސަށް ލިބުނީ މިމަހުގެ 7 ވަނަ ދުވަހު، މިހާރުވަނީ އޭޖީގެ ލަފައަށް ފޮނުވާފަ

އެންޓި ޑިފެކްޝަން ބިލްގެ ހާޑް ކޮޕީ ރައީސަށް ލިބުނީ މިމަހުގެ 7 ވަނަ ދުވަހު، މިހާރުވަނީ އޭޖީގެ ލަފައަށް ފޮނުވާފަ

އެންޓި ޑިފެކްޝަން ބިލްގެ ހާޑް ކޮޕީ ރައީސަށް ލިބުނީ މިމަހުގެ 7 ވަނަ ދުވަހު ކަމަށާއި، އެ ބިލް މިހާރުވަނީ އޭޖީގެ ލަފައަށް ފޮނުވާފައި ކަމުގައި ޕީއެންސީން ބުނެފިއެވެ.

މަޖިލީސް އިންތިހާބު ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެންސީ/ޕީޕީއެމުން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި، އެންޓި ޑިފެކްޝަން ބިލާގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މަޖިލީހުން ފާސްކުރި ބިލުގެ 'ހާޑް ކޮޕީ" ރައީސް އަށް ލިބިވަޑައިގެންފަނީ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އަދި މިހާރު އެ ބިލްވަނީ ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އެ ބިލު ތަސްދީގު ކުރެއްވުމަށް ގާނޫނީ ލަފާ ހޯއްދުމުގެ ފުރުސަތު ރައީސަށް ލިބޭ، މިހާރު އެ މަރުހަލާ ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވަނީ.

ހީނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން މަޖިލީހުން ފާސްވާ ކޮންމެ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަސްދީގުކުރުމަށްޓަކައި ރައީސަށް ފޮނުވާންވާނެއެވެ.

އަދި ރައީސް، އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރާންވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސަށް ފެންނަ އިސްލާހަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާންވާނެ ކަމަށްވެސް އެ މާއްދާގައިވެއެވެ.

އެ ތާރިހު ހަމާވާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ފާސްކުރި ބިލުގައި މެންބަރުންގެ ގޮނޑި ހުސްވެދާނެ ހާލަތްތައް ބަޔާކޮށްފައިވެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަސް، ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ މި އެޕްރިލް މަހުގެ 1 ވަނަ ދުވަހުއެވެ. އެބިލް ތަސްދީގު ކުރުމަށް ރައީސް މުއިއްޒަށް މަޖިލީހުން ފޮނުވާފައިވާއިރު، ގާނޫނުގައިވާގޮތުން އެބިލް ތަސްދީގު ކުރުމަށް ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނީ 2 ހަފްތާގެ މުއްދަތެކެވެ.

އެމުއްދަތުގައި މަޖިލިހަށް އަނބުރާ ބިލް ނުފޮނުވާނަމަ ބިލް އޭގެ ޒާތުގައި ތަސްދީގުވެގެން ދާނެއެވެ. މަޖިލިހަށް އަނބުރާ ފޮނުއްވުމަށް، މަޖިލިހުން އަލުން ބިލް އޮތްގޮތަށް ފާސްކުރުމަށްފަހު ރައީސަށް ފޮނުވުމުން އެ ބިލް ތަސްދީގުކޮސް ގެޒެޓް ކުރުން ލާޒިމް ވެގެންދާނެއެވެ.

މިހާރު ކުރިޔަށްދާ މަޖިލިސް ކެމްޕޭން އިވެންޓެއްގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ، މައުލޫމާތު ލިބޭގޮތުގައި އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކޮށް ރައީސް މުއިއްޒު އެބިލް އަނބުރާ މަޖިލީހަށް ފޮނުވާލާނެކަމަށާއި، ފޮނުވާލިޔަސް އަލުން ބިލް ފާސްކުރާނެ ކަމުގައެވެ.

މަޖިލިސް ކެމްޕޭންގައި ގއ.ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓްގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ، މަޖިލިހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ހިފަހައްޓަވައިގެން ކަމަށާއި، ގާނޫނީ ގޮތުން 2 ހަފްތާ ލިބުނު ނަމަވެސް، އެ ގާނޫނު ގެޒެޓް ނުކޮށް ހުންނެވުމަކީ ޑިމޮކްރަސީއަށް އަޅާ ހުރަހެއް ކަމުގައެވެ.

އަޅުގަޑުމެންނަށް މައުލޫމާތު ލިބެނީ އެ ބިލް އަނބުރާ ފޮނުވާލާނެކަމަށް. އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ ފޮނުވާލިޔަސް އަޅުގަޑުމެން މަޖިލިހުގެ ތެރެއިން އެ ބިލު ފާސްކުރާނަން.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަސް، ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް މުއިއްޒު ތަސްދީގުނުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމުގައެވެ.

އެމްޑީޕީގެ ފަރާތުން މަޖިލިހަށް ހުށަހަޅާ ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ބިލުގައިވާ ގޮތުން، މަޖިލީހަށް ވާދަކޮށް އިންތިހާބުވި ޕާޓީން މެމްބަރަކު އަމިއްލަ އަށް ވަކިވެއްޖެނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެއެވެ. އަދި މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.

ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *