މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި

Author
ހުސެއިން
13 އޭޕްރިލް 2024 08:06
0
މާލެއަާށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރި ވާން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނޫީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމުގައެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް މިއަދުވަނީ ރީނދޫ އެލާޓް ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެންމެ ފުރަތަމަ މިއަދު ހެނދުނު ނެރުނީ ވައިޓް އެލާޓެވެ. ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހިސާބަށެވެ. އެކަމަކު، ފަހުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ.

އެންމެ ފަހުން ނެރުނު ރީނދޫ އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާކޮށެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 4:15 އިން ފެށިގެން ރޭގަނޑު 8:15 އާ ހަމައަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ބޯ ވިލާތަކެއް އުފެދުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މި ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ނުބެލެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެން ވިއްސާރަ ކުރަން ފަށާފައި މިވަނީ މިދިޔަ މަހާއި މި މަހުގެ މިހާތަނަށް ވަރަށް ހޫނު ގަދަ ދުވަސްތަކެއް ތަޖުރިބާ ކުރަން ޖެހުމަށް ފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.