އިންޑިއާ ސިފައިންގެ ދެވަނަ ގްރޫޕް ރާއްޖެއިން ފައިބައިފި

އިންޑިއާ ސިފައިންގެ ދެވަނަ ގްރޫޕް ރާއްޖެއިން ފައިބައިފި

Author
ޙަސަން މުޙައްމަދު
12 އޭޕްރިލް 2024 11:55
0

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންގެ ދެވަނަ ގްރޫޕް ރާއްޖެއިން ފައިބައިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.

އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރަން ތިބި އެ ގައުމުގެ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން އިންޑިއާ އާއި ރާއްޖެ އިން މިހާރުވަނީ އެއްބަސް ވެފައެވެ.

އަދި ގައުމުގެ ދެމެދުވެފައިވާ އެއްބަސްވުންތަކުގެ ދަށުން، އައްޑޫގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެ ދޫކޮށް ވަނީ ފާއިތުވި މާރޗްމަހުވަނީ ގޮސްފަ އެވެ. ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަމުން ދިޔަ އެގައުމުގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެއިން ފައިބައިފާވާކަން އިންޑިއާއިންވެސް މީގެ ކުރިން ކަށަވަރު ކޮށްދީފައި ވެއެވެ.

މިރޭ އައްޑޫ ސިޓީގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފުރަތަމަ ދުވަހުވެސް އެމަނިކުފާނު ފެއްޓެވި ކަމަށެވެ.

ފެށި މަސައްކަތް ގޮސްފައިވާ ހިސާބަަކީ ދެފަރާތުން އެއްބަސްވެވި ޓައިމް ޓޭބަލެއް، ތިން ބެޗަަށް، ތިން ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާ ގޮތަށް، ފުރަތަމަ ޓީމް ފައިބާފައި، މިހާރު 9 އޭޕްރިލްގައި ދެވަނަ ޕްލެޓްފޯމްގެ ސިފައިން ފައިބާފައި ވަނީ.

ރައީސް ޑރ. މުއިއްޒު މިރޭ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބާކީ ތިބި ޕްލެޓްފޯމްގައި ތިބި އިންޑިއާ ސިފައިން 10 މެއިގެ ކުރިން ރާއްޖެއިން ފައިބާނެ ކަމުގައެވެ.

އެހެންވީމަ ވައުދު ފުދުނީ ނޫންތޯ، މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މެއިގެ ކުރިން ފައިބާނެ. އަޅުގަނޑުވާ ވައުދެއް ވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ އެންމެ ފުރިހަމައަކަށް އެކަމަށް ކޮށްދެވޭތޯ،

ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައި ރައީސް މުއިއްޒު ވައުދުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ސިފައިން ފޮނުވާލުމަށްކަމަށާއި އެއްބަސްވުންތައް ރިވިއު ކުރުމަށް ފަހު ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެގްރިމަންޓުތައް ބާތިލު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.