އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަކީ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށް ފެށްޓި ދަތުރުގެ މުހިއްމު ބައިވެރިއެއް ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ އިސްލާހީ މަސައްކަތުގައި އިސްކޮށް އުޅުއްވި އިބްރާހިމް ރަޝީދު، ހޯރަ އިއްބެ މިއަދު ނިޔާ ވުމާއި ގުޅިގެން ކުރެެއްވި އެކްސް ޕޯސްޓެއްގައެވެ.
ރައީސް ސާލިހު ވިދާޅުވީ އިއްބެއަކީ އެމްޑީޕީ އަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވި އިހްލާސްތެރި ހިދުމަތްތެރިއެއް ކަމަށާއި ޕާޓީ އުފެދިގެން އައި އިރު ޕާޓީގެ ޕޯޑިއަމްއަށް ވަރަށް ފަރިތަ މޫނެއް ކަމުގައެވެ. އަދި އޭނާއަކީ ކުޅަދާނަ ލިޔުންތެރިއެއް އަދި އެހާމެ ހުނަރުވެރި ވާހަކަދެއްކުންތެރިއެއް ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އަދި މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި މާތް الله ގެ މަތިވެރި خضرة ގައި دعاء ދަންނަވަން. امين!
ރައީސް ސާލިހުގެ އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.