އިސްލާހީ މަސައްކަތުގައި އިސްކޮށް އުޅުއްވި އިބްރާހިމް ރަޝީދު، ހޯރަ އިއްބެ ނިޔާވެއްޖެ އެވެ.
އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީގެ މަގާމް އަދާކޮށްފައިވާ ހޯރަ އިއްބެ ނިޔާވީ މިއަދު އައިޖީއެމްއެޗްގައެވެ.
ހޯރަ އިއްބެއަކީ، އިސްލާހީ މަސައްކަތްތަކުގައި އެމްޑީޕީގެ އެންމެ އިސްކޮށް ކުރިން ހަރަކާތްތެރިވީ އެކަކެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ހޯރަ އިއްބެ ހުރީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިގެން ޖަލަށްލާފައެވެ. އެކަމަކު ސޯލިހްގެ ވެރިކަމުގެ ކުރީކޮޅު އިއްބެއަށްވަނީ މާފު ދެއްވާފައެވެ.
ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ. އިއްބެވަނީ ފަހުން އެ އަންހެން ކުއްޖާއާ ކައިވެނި ބައްލަވައިގެންފައެވެ.
ހޯރަ އިއްބެއަކީ އެމްޑީޕީގެ ޖަލްސާތައް ކުރިން ހުށަހަޅައިދެއްވި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ.
ކޮމެންޓު ފޮނުވާ