ޝިރުމީނާ ރަހީނުކުރި މައްސަލާގައި 31 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ޝިރުމީނާ ރަހީނުކުރި މައްސަލާގައި 31 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 11:57
0

ޝިރުމީނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާއި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން 31 އަހަރުގެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިރުމީނާ ރަހީނު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 31 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ކޯޓުން ދޫކޮށްލީ ޝަރުތުތަކެއްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެ ކުޑަކުއްޖާ ދޫކޮށްލާފައި ވަނީ ކޯޓުން ކޮން ޝަރުތުތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.

ފުލުހުން ކުރިން ވިދާޅުވެފައިވަނީ ބަޔަކުވެގެން ޝިރުމީނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާކަމަށެވެ. އެގޮތަށް އޭނާގެ އާއިލާއިންވެސް އަންނަނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.