ޕީއެންއެފްގެ ޖަލްސާ ބާއްވަން ދިޔައިރު ފުލުހުންވަނީ ޢިޔާސުއްދީން ސްކޫލުގެ ގޭޓް ބަންދުކޮށް!

ޕީއެންއެފްގެ ޖަލްސާ ބާއްވަން ދިޔައިރު ފުލުހުންވަނީ ޢިޔާސުއްދީން ސްކޫލުގެ ގޭޓް ބަންދުކޮށް!

Author
ހުސެއިން
09 އޭޕްރިލް 2024 09:24
0

ޕީއެންއެފް އުފެއްދުމަށް މިރޭ ބޭއްވުމަށް ހަަމެޖެހު ޖަލްސާ ބާއްވަން އެޕާޓީގެ އިސް ބޭފުޅުން މިރޭ ޢިޔާސުއްދީން ސްކޫލަށް ދިޔައިރު އެ ސްކޫލްގެ ގޭޓް ފުލުހުން ބަންދު ކޮށްފައިވާކަމަށް އެޕާޓީގެ ލީޑަރޝިޕުން ބުނެފިއެވެ.

ޕީއެންއެފް އެފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލް ވިދާޅުވީ އެ ޖަލްސާ ބާއްވުމަށް މަސައްކަތް ކުރަމުންދަނީ ޢިޔާސުއްދީން ސްކޫލް ހިންގަމުންދާ ސްރީ އެޑިއުކޭޝަންއާއެކީ ހަދާފަ އޮތް އެއްބަސްވުމެއްގެ ދަށުން ކަމުގައެވެ. އަދި އެއްބަސްވުން މަލީހު ޖަމާލްވަނީ އެ ކުންފުންޏާއި ސްކޫލް ހިންގާ ސްރީ އެޑިއުކޭޝަންއާއެކު ފުލުހުންނާވެސް ހިއްސާކޮށްފައެވެ.

ޗެނަލް13 އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުލުހުން ގޭޓް ބަންދު ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ލިބިފައިވާ އީމެއިލްއަކާއި ގުޅިގެން ކަމުގައެވެ.

ޢިޔާސުއްދީން ސަރަހައްދުގައި އެއްވެ ތިބި ފަރާތްތައް ދަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ. އަދި ޖަލްސާއަށް ހާޒިރުވެ ތިބި މީހުން ތިބީ ގޭޓްގެ ކައިރީގައެވެ.

އެހެންނަމަވެސް ޕީއެންއެފްގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިރޭ އެ ޖަލްސާ ބާއްވާނެ ކަމުގައެވެ. ޕީއެންއެފްއިން ކުރިން ބުނެފައިވަނީ މި ޖަލްސާގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާނެ ކަމުގައެވެ.

ފުލުހުން މިހާރުދަނީ ޢިޔާސުއްދީން ސްކޫލް ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.