ދުނިޔޭގެ ބައެއް ހިސާބުތަކަށް މިއަދު ފެންނަ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހަތަރު މިނެޓް 24 ސިކުންތަށް ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ. އެއީ އިރު ކޭތަ ހިފަން ފަށަނީ ރާއްޖެ ގަޑިން 20:42 ގައި ކަމަށްވާތީ ކަމުގައި މައުމޫން ވިދާޅުވިއެވެ.
މިއަދު ހިފާ އިރުުކޭތަ އެމެރިކާގެ 15 ސްޓޭޓަކަށް ފެންނާނެ ކަމަށްވެއެވެ. އިރު ކޭތަ ހިފާނެ ކަމަށް ބެލެވެނީ ޖީއެމްޓީ ގަޑިން 17:00 ގައެވެ. މިއަދު ހިފަނީ ޓޯޓަލް ސޯލާ އިކްލިޕްސްއެކެވެ. އެއީ ހަނދުގެ ހިޔައިން މުޅި އިރު އެއްކޮށް ފޮރުވާލާނެ އިރުކޭތައެކެވެ.
އިރު ކޭތާއި ހަނދު ކޭތައަކީ އަހަރަކު މަދު ފަހަރަކު ހިފާ އެއްކެޗެވެ. މި އަހަރު ދެ އިރުކޭތަ އަދި ތިން ހަނދު ކޭތަ ހިފާނެ ކަމަށްވެއެވެ.
ކޮމެންޓު ފޮނުވާ