ޝެއިލް އަލީ ޒައިދުގެ އަޑުން ރެކޯޑް ކޮށްފައިވާ، ފަލަސްތީނުގެ ޣައްޒާގެ ހާލަތު ބަޔާން ކޮށްދޭ އަސަރުގަދަ ޅެމެއް މިއަދު ރިލީސް ކޮށްފިއެވެ.
"ޙާލު ޣައްޒާ" މި ނަން ދީފައިވާ މި ޅެމަކީ ޝައިޚް ޙަސަން ލަތީފް ލިޔުއްވާފައިވާ، އިސްމާޢީލް އަފްރާޙް ވީޑިއޯ ތައްޔާރު ކޮށްފީފައިވާ ޅެމެކެވެ. މި ޅެން ޝައިޚް އަލީ ޒައިދުގެ އަޑުން ވިދާޅުވެފައިވާއިރު، މިޅެމުގެ ރާގު ހައްދަވާ އަދި ކޮމްޕޯސް ކޮށްފައިވަނީވެސް އޭނާއެވެ.
ޝައިޚް އަލީ ޒައިދުގެ އަޑުން ވިދާޅުވެފައިވާ މިޅެމުގެ ވީޑީއޯއިން، އިސްރާއިލްގެ އަނިޔާވެރި ސިފައިން ޢައްޒާއަށް ބޮން އަޅާ މަންޒަރުތަކާއި، އަދި އަނިޔާވެފައިވާ ފަލަސްތީނުގެ ކުޑަ ކުދިންނާއި އާންމު ރައްޔިތުންނަށް އެހީވުމަށް މީހުން ހަރަކާތްތެރިވާ މަންޒަރު ފެންނައިރު، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހާލަތު ވަރަށްވެސް ރަގަޅަށް އަސަރުގަދަކޮށް ލެމުން ބަޔާން ކޮށްދީފައި ވެއެވެ.
– ނަން: ޙާލު ޣައްޒާ
– ޅެން: ޝ.ޙަސަން ލަތީފް
– އަޑު، ރާގު، ކޮމްޕޯޒްކުރުން: އަޅުގަނޑު ޢަލީ ޒައިދު
– ވީޑިޔޯ: އިސްމާޢީލް އަފްރާޙް pic.twitter.com/q1eb4Kzb3S— Ali Zaid (@alizaid1000) April 1, 2024
މިޅެން ރިލީޒްކުރާކަން ހާމަކޮށް، ޝައިޚް އަލީ ޒައިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ހެޔޮދުޢާތައް ވަނީ ފަލަސްތީނުގެ ޣައްޒާގެ އަހުލުވެރިންނާ އެކު ކަމަށާއި، އަދި ބަދު ދުއާތައް ވަނީ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ މައްޗަށް ކަމުގައެވެ.
އިސްރާޢީލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުއުޢާންމުގައި މިހާތަނަށް ޢައްޒާގެ 32،000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދު ވެފައެވެ.