ފަލަސްތީނަށް އެހީވުމަށް ސަމާ، ޓިކްޓޮކް ލައިވްގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައި ދީފި

ފަލަސްތީނަށް އެހީވުމަށް ސަމާ، ޓިކްޓޮކް ލައިވްގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައި ދީފި

Author
އަހުމަދު
01 އޭޕްރިލް 2024 04:34
0

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ކެނޑިނޭޅި ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ޓިކްޓޮކްގައި މަޝްހޫރު މަރިޔަމް ސަމާ ޝަރީފް ކުރިއަށް ގެންދިޔަ ލައިވެއްގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ސަމާ ވަނީ ރޭގައި ކުރިއަށް ގެންދިޔަ އެއް ގަޑިއިރުގެ ލައިވްގައި އެހީގެ ގޮތުގައި 100،660ރ. އާއި 380 ޑޮލަރު ހޯދައިފައެވެ.

ސަމާގެ އިންސްޓަގްރާމުގައި އޭނާ ވަނީ މި ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނު (އައިއޭސީ) ގެ އެކައުންޓަށް ފޮނުވާފައިވާ ސްލިޕް އާންމުކޮށްފައެވެ. އައިއޭސީއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ޖަމިއްޔާއެވެ. އެ ޖަމިއްޔާ އިން މީގެކުރިން އިސްވެ، ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކިއެކި ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ޓިކްޓޮކް ލައިވެއްގައި ސަމާ ޣައްޒާގެ ރައްޔިތުންނަށް ފައިސާ ހޯދައި ދިން އިރު މީގެ ކުރިން ވެސް އެހީއަށް ބޭނުންވެފައިވާ ދިވެހިން ބައިވެރިކޮށްގެން އެ އާއިލާތަކަށް ވެސް ފައިސާގެ އެހީތެރިކަން ހޯދައި ދީފައިވެއެވެ.

އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް 178 ދުވަސްވީ އިރު މިހާތަނަށް ފަލަސްތީނުގެ 32،782 ޝަހީދުކޮށްލައި، 75،298 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާ އިން ބުނެފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.