"ކޭލް ކޭލް މޭ" ގެ ޝޫޓިން ނިންމާލައިފި

"ކޭލް ކޭލް މޭ" ގެ ޝޫޓިން ނިންމާލައިފި

Author
ފާތިމަތު ނާވީ
02 އޭޕްރިލް 2024 04:34
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު މިހާރު ކުޅެމުން އަންނަ ފިލްމް "ކޭލް ކޭލް މޭ" ގެ ޝޫޓިން ނިންމާލައިފި އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ކޭލް ކޭލް މޭ" އަކީ އަކްޝޭގެ "އެކްޝަން ރިޕްލޭ" އާއި "ނަމަސްތޭ ލަންޑަން" ގެ އިތުރުން "ވަގުތު" ގެ ޑައިރެކްޓަރު ވިޕުލް ޝާހް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ކޭކް ކޭލް މޭ" ގެ ޝޫޓިން އެއްކޮން ނިންމައިލައިފައި ވާއިރުގައި، މި ފިލްމު ވާނީ މުދައްސަރާ އެކީ އަކްޝޭ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

މި ފިލްމުގެ ކާސްޓްގައި ވާނީ ކަޕޫރް، އައްމީ ވާކް، ތާޕްސީ ޕައްނޫ، އަދިތިޔާ ސީލް، ފަރުދީން ޚާން އަދި ޕްރަގިއާ ޖެއިސްވާލް ވެސް ހިމެނެ އެވެ. "ހެޕީ ބާގް ބާގް ޖާއޭގީ" އާއުި "ޕަތީ ޕަތުނީ އޯރް ވޯ" ފަދަ ފިލްމުތައް ގެނެސްދިން މުދައްސަރުގެ އެންމެ ފަހުގެ ފިލްމަކީ ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީއާ އެކީ 2022 ގައި ގެނެސްދިން "ޑަބަލް އެކްސްއެލް" އެވެ.

ވާނީ އާއި ތާޕްސީއާ އެކީ އަކްޝޭ މީގެ ކުރިން ވަނީ މަސައްކަތްކޮށްފައިވެ އެވެ. ވާނީ އާއި އެކުގައި އަކްޝޭ ފެނިގެންދިއަ ފިލްމް އަކީ މިދިޔަ އަހަރު ރިލީޒްކުރި "ބެލް ބޮޓަމް" އެވެ. އަދި އަކްޝޭ އާއި ތާޕްސީ މަސައްކަތްކޮށްފައިވާ ފިލްމުތަކަކީ "ބޭބީ" އާއި އޭގެ ފޮލޯއަޕް "ނާމް ޝަބާނާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.